ރެކޯޑް އަދަދަކަށް މިއަދު ދިވެހިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ 137 މީހަކު ކޮވިޑް 19 އަށް  ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3506 އަށް އަރައިފިއެވެ.

މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އަދި 92 ދިވެހިން ޕޮޒިޓިވްވެ، އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ ދިވެހިން ޕޮޒިޓިވްވި ދުވަހަށް ވެސް ވަނީ ވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން  އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް  ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެއްސަކާއި ބަންގުލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން އިތުރު މީހަކު ރަނގަޅުވެފައެއް ނުވެއެވެ. ޖުމުލަ 2547 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 929 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގައި  ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. މިދިޔަ ހުކުރު ދުވަހު 55 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 77 މީހުންނެވެ. އާދީއްތަ ދުވަހު ބައްޔަށް ޕޮޒިޓިވްވީ 50 މީހުންނެވެ. އަދި އިއްޔެ 67 މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ. އެހެންކަމުން ފާއިތުވެދިޔަ ހަތަރު ދުވަހު ޖުމުލަ 386 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި އެއްވެސް މީހަކު ނެތެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 580 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއް – ރައީސް ނަޝީދު

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއް ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ...

ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަންޔޫރޯގެ ހިލޭ އެހީއެއް ދެއްވައިފި

ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަން ޔޫރޯގެ ހިލޭ އެހީ އެއް ވެދެއްވަން ނިންމަވައިފިއެވެ. މީގެ ތެރެއިން އެއްމިލިއަން ޔޫރޯއަކީ ...

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 29 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 29 މީހުން ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ...