ކޯވިޑް-19 : އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 10 މީހަކާއި، ބަންގަލަދޭޝްގެ 28 މީހުންނާއި، އިންޑިއާގެ 4 މީހަކާއި، ނޭޕާލް މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1186އަށް އިތުރުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މިމަހުގެ އެންމެ ފަހު ދެހަފްތާ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ކުރިން ލަފާކުރި ޢަދަދުތަކަށްވުރެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްކުރެވިފައިވާކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ވިދާޅުވެއެވެ. މި ޢަދަދު ދަށްކުރެވިފައިވަނީ ފުރަބަންދުކުރުމާއި، އެނޫންވެސް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ޢަމަލުކުރުމުންކަމށްވެސް ޓެގް ޓީމުން ފާހަގަކުރައްވައެވެ.

އެހެންކަމުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ ރަށްރަށަށް ލުއިދިނުމުގެ ވިސްނުން ހުރިކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެލުއިތައް ދޭއިރު ރައްޔިތުންވެސް ވިސްނާ ޢަމަލުކުރަންޖެހޭ ކަންކަން އެބަހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި، މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، މިކަންކަމުގައި ކަނޑައެޅިފައިވާ ހަމަތައް ހިފަހައްޓަންޖެހޭނެތީ އެކަންކަމަށް ސަމާލުވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާ މީދޫގައި ކުރެވޭ ކޭތަނަމާދު ކުރެވޭނީ މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގައި – އިމާމުވެ ނަމާދު ކުރައްވާނީ ކަރީމް

މާދަމާ ހެނދުނު ހިފާ އިރުކޭތައާ ގުޅިގެން، މިސްކިތްތަކުގައި ޖަމާއަތުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި ...

ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތަކަށް ހައްލެއް ހޯދަނީ ؟

ޖޫންމަހުގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތައް މިސީޒަން ނިމެންދެން ދިގުދަންމާލަން މަޝަވާތައް ފަށައިފިއެވެ. ކުޅުންތެރީންގެ ހައްގުތައް ހިމާޔަތްކޮށްދޭ ...

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިވެހި ފުލުހުން ހޯދައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ...