ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިވެހި ފުލުހުން ހޯދައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް މިރޭ 7:14 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފ. އަތޮޅު ފިލިތެޔޮ ރިސޯޓު ކައިރި ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރިކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އަތޮޅުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި މައުލޫމާތާއި ގުޅިގެން ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ކަނޑު އަޑިން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

”އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި” ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ދިވެހި ފުލުހުންގެ ޅިދުމަތުން ވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެމްޕިއަންސްލީގުގެ ބާކީ ހުރި މެޗުތައް ކުޅޭނެ ދަނޑެއް ޔޫއެފާއިން ނިންމައިފި

ޗެމްޕިއަންސްލީގު ފުޓްބޯޅަ މުބާރާތުގައި ގަދަސޯޅައިގެ ބާކީ ހުރި މެޗުތައް ކުޅޭނެ ދަނޑެއް ޔޫއެފާއިން ނިންމައިފިއެވެ. ޔޫއޭފާއިން އެގްޒެކްޓިވް ކޮމެޓީ ...

ސުވާލު އުފެދުނު 12 ގޮނޑި އާއި މެދު ސުޕްރީމް ކޯޓުން ޙުކުމްއިއްވައިފި

ސުވާލު އުފެދި ގޮތެއް ނުނިންމި އޮތް ރައްޔިތުން މަޖްލީހުގެ 12 ގޮނޑި އާއި މެދު ގޮތެއް ކަނޑައަޅާ އިއްޔެ ...

ޝިޔާންޓޭ ޕްރައިމަރީ ކާމިޔާބުކޮށްފި

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ށ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙައްމަދު ޝިޔާމް ( ޝިޔާންޓޭ ) ކަށަވަރުކޮށްފިއެވެ. ށ ...