ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރައިފިއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި، ބްނގްލަދޭޝްގެ 22 މީހުންގެ އިތުރުން ނޭޕާލް 2 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 4 މީހުންނެވެ.

މިއާއެކު ދިވެހިންގެ ތެރެއިން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 379 އަށް ވަނީ އިތުރުވެފައެެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ އަދަދު މިހާރުވަނީ 557 އަށް އަރާފައެވެ. ރާއްޖެއިން ޕޮޒިޓިވްވި އިންޑިއާ ރައްޔިތުންގެ އަދަދު މިހާރުމިވަނީ 100 އިން މައްޗަށް އަރާފައެވެ. ޕޮޒިޓިވްވި އިންޑިއާ މީހުންގެ ޖުމަލް އަދަދަކީ މިހާރު 103 އެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނޭޕާލްގެ ދެ މީހަކުވެސް ހިމެނެއެވެ. އެއާއެކު ރާއްޖޭގައި ތިބި ނޭޕާލް މީހުންގެ ތެރެއިން ޖުމްލަ 15 މީހަކަށްވަނީ ބަލިޖެހިފައެވެ.

ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، 9 މީހަކަށް ހޮސްޕިޓަލުތަކުގައިދަނީ ފަރުވާދެމުންނެވެ. އަދި މީގެތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައިވެސް ފަރުވާދެމުން އެބަދެއެވެ.

ރާއްޖެއިން ކޯވިޑް19 ފެނުނުތާ މިއަދަށް 70 ދުވަސްވެފައިވާއިރު ޕޮޒިޓިވްވި 49 މީހުން ވަނީ ބަލިން ރަނގަޅުވެފައިވެއެވެ.

ކޯވިޑް19 އަސް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ އިތުރުވާނެކަމަށް ސިއްޙީ ތަޖުރިބާކާރުން ލަފާކުރި ދުވަސްތައް މިހާރު މިވަނީ ފެށިފައެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ކުރިން ޕޮޒިޓިވްވާނެކަމަށް ލަފާކުރި އަދަދު ކޮންމެވެސް މިންވަރަކަށް ދަށްވާނެކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް އައްޑޫސިޓީ ގަމުގައި

އައްޑޫ ސިޓީ ގަމުގައިހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ދާކަމަށް، މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެމްއެންޑީއެފް އިން ބުނެފިއެވެ. ...

އާޒިމްގެ ރައްދު އިޔާޟަށް: ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއްތޯ

ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުން މީ ކޮންކަހަލަ ކަމެއްތޯ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ޑރ.މުޙައްމަދު ...

ފުވައްމުލަކު ޓިވެޓް ސެންޓަރ: އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާއަށް ޚާއްސަ

ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތަށް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މި ...