އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް އައްޑޫސިޓީ ގަމުގައި

އައްޑޫ ސިޓީ ގަމުގައިހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ދާކަމަށް، މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެމްއެންޑީއެފް އިން ބުނެފިއެވެ.

މިތަމްރީންތައް ކުރިއަށްދަނީ ޖެނުއަރީ 24 ވާ އަންގާރަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 4 ވަނަދުވަހާއި ހަމައަށް އައްޑޫސިޓީ ގަމުގައެވެ. ކޮންމެ ދުވަހެއްގެ ވެސް އިރުއޮއްސި 6 އިން ފެށިގެން 12 ޖަހަންދެން މިތަމްރީންތައް އޮންނާނެކަމަށާއި، ތަމްރީންތަކުގައި ވައިގެތެރެއަށް ބަޑިޖަހާނެކަމަށް ވެސް ބުނެފައިވެއެވެ.

ތަމްރީނުތައް ހިނގަމުންދާ ދުވަސްވަރު އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.

ފަހަކަށް އައިސް އައްޑޫ ސިޓީގައި ނިރުބަވެރި ޙަރަކާތްތައް އިތުރުވަމުންދާކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު މިދިޔަ އަހަރު ފަހުކޮޅު އައްޑޫސިޓީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތައް މިހާރު ދޫކުރެވިފައިވާއިރު، އަދިވެސް ގިނަބަޔަކު ތިބީ ފުލުހުންގެ ބަންދުގައެވެ. ބަންދުގައި ތިބި މީހުންގެ ޢާއިލާތަކުން ބުނެފައިވަނީ، އެމީހުން ހައްޔަރުކޮށްފައިވާ ސީދާ ސަބަބު އާއިލާތަކަށް އަންގާފައިނުވާކަމަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް

  • ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް – އޭކޭ ސީރީޒް ރައިފަލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން – 4600 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން – 200 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން – ސީލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން – ސ. ގަން 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނައިބު ރައީސް އަރިހުގައި ފުވައްމުލަކު ރައްޔިތުންނަށް ފައިނަލް މެޗު ބަލައިލުމުގެ ފުރުސަތު، ނަސީބުވެރި ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް

ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިރޭ ކުޅެވޭ ވޯލްޑްކަޕް ފައިނަލްމެޗް ބަލާލުމަށް ފުވައްމުލަކު ރައްޔިތުންނަށް ނާއިބު ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 12 އޮގަސްޓް  2022 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

49 އަހަރުގެ ރެކޯޑް ލެވަންޑޯސްކީ މުގުރާލައިފި

1972 ވަނަ އަހަރު ޖަރުމަނުގެ ބުންޑަސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ކުރީގެ ޖަރުމަނު ...