ރާއްޖެޓިވީގެ ”ކޮވިޑް-19” ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތުގެ ތެރެއިން އެންމެ އިސް ސަފުގައި މަސައްކަތް ކުރަންޖެހޭ އެއް ބަޔަކީ ފުލުހުން ކަމަށްވާއިރު، ކޮވިޑް-19 އަށް ފުލުހުން ހުށައެޅުމުގެ ނުރައްކާތެރިކަން ބޮޑު ކަމަށެވެ.
އެގޮތުން މިހާތަނަށް ކޮވިޑް-19 އަށް ފަސް ފުލުހަކު ޕޮޒިޓިވްވެ 170 އަށްވުރެ ގިނަ ފުލުހުން ކަރަންޓީނު ކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެއީ ފުލުހުންގެ މަސައްކަތައްވެސް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ގިނަ ފުލުހުންތަކެއް ކަރަންޓީނު ކުރަން ޖެހުމަކީ ފުލުހުންގެ ފޯސް އަށް ލިބިގެންދާ ވަރަށް ބޮޑު ހީނަރު ކަމެއް ކަމަށާއި، އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.
ކޮމެންޓްސް (0)