އައްޑޫސިޓީގައި 3 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދުއްވަން ނިކުތުމަކީ މަނާކަމެއް

އައްޑޫ ސިޓީގައި 3 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމަކީ މަނާ ކަމެއް ކަމަށާ އަދި ޒަރޫރީ ބޭނުމެއް ނެތި ހަވީރު ގަޑިއާއި އެހެން ގަޑިތަކުގައި ދުއްވަން ނިކުތުމަކީ މަނާކަމެއް ކަމުގައި އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިކަން ހާމަ ކުރައްވާ ނެރުއްވާފައިވާ  އިއުލާނުގައި ހާމަކޮށްފައިވަނީ  މިކަމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅު ތަކެއް އެޅުމަށް އެޗްޕީއޭއިން އަންގާފައިވާތީ އެކަމާގުޅިގެން ނިންމެވި ނިންމެވުމެއްކަމަށެވެ.

އެގޮތުން އާންމު ތަންތަނުގައި 3 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުމަކީ މަނާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ޕާކުތަކާއި ފިނި މައިޒާން ތަކާއި ޖޯލި ފަތިތަކުގައި ތިބޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ނެރުއްވާފައިވާ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

އަދި މީގެ އިތުރުން ޒަރޫރީ ބޭނުމެއް ނެތި ހަވީރު ގަޑިއާއި އެހެން ގަޑިތަކުގައި ދުއްވަން ނިކުތުމަކީ މަނާކަމެއް ކަމުގައިވެސް  ސިޓީ ކައުންސިލުގެ އިއުލާނުގައި ވަނީ ހާމަކޮށްފައެވެ.

މިއީ މިދުވަސްވަރު ކޮވިޑް-19 ފެތުރެމުންދާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ހާއްސަ ފިޔަވަޅެއް ކަމަށް އައްޑޫސިޓީ ކައުންސިލުގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި، އައްޑޫގެ އެއްފަސްވެފައިވާ ރަށްތަކުން އެއްރަށުން އަނެއް ރަށަށް ދިއުމަކީވެސް މަނާ ކަމެއްގެ ގޮތުގައި ސިޓީ ކައުންސިލުން މީގެ ކުރީން ވަނީ ހަމަޖައްސާފައެވެ.

ސިޓީ ކައުންސިލުގެ މިފަދަ ނިންމުންތަކާއި ހިލާފުވާ ފަރަތްތަކާއި މެދު ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.  މިގޮތުން ކައުންސިލުގެ ނިންމުންތަކާއި ޙިލާފުވާ ފަރާތްތަށް 500ރ. އާއި 5000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނޭކަމަށް ސިޓީކައުންސިލުގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

މާލެ ސަރަހައްދުގައި މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، ރައްޖޭގެ ބައެއް ރަށްތަކުން ވެސް މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން މިހާރުވަނީ ވަނީ ފެނިފައެވެ. ނަމަވެސް މިހާތަނަށް އައްޑޫސިޓީން ބަައްޔަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއްނުވެއެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިލުފުށީ ޔޫތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވައިފި

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ތ. ވިލުފުށީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ...

ފުވައްމުލަކުގައި އާންމުންގެ ބަޔަކާ ފުލުހުންނާއި ދެމެދު ބޮޑު ހަމަނުޖެހުމެއް

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު ބަޔަކާއި ...

އެންމެ މަގުބޫލް ސްޓަރ ނެޓްވޯކްގެ ޗެނަލްތައް ދިރާގު ޓީވީއަށް

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގު ޓީވީއަށް ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އިންޑިޔާގެ ޓީވީ ...