އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ރާއްޖެވަޑައިގަންނަވަން ގަސްތުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ނަޝީދު އެނބުރި ރާއްޖެވަޑައިގަންނަވަން ގަސްތުކުރައްވާކަން ޓުވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައިވާއިރު، އިދިކޮޅު މަޖިލިސް މެމްބަރުން ހިމެނޭ ޖޮއިންޓް ޕީޖީ ގްރޫޕާއިވެސް އެމަނިކުފާނު ވަނީ މިކަން ހިއްސާކުރައްވާފައެވެ. އެގޮތުން އެގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނުގެ މައްސަލައާމެދު ކޯޓުން ވަކިގޮތެއް ކަނޑަނޭޅިނަމަވެސް “ވީހާލެއްގައި ވާން” ރާއްޖެވަޑައިގަންނަވަން ގަސްތުކުރައްވާކަމަށް ވިދާޅުވެފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ރައީސް ނަޝީދުގެ މައްޗަށް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ގައެވެ. އެހެންނަމަވެސް ޖަލުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު، ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ޤައުމުގައެވެ.

2016 ވަނަ އަހަރު އިނގިރޭސިވިލާތަށް ވަޑައިގަންފަހުން، އެމަނިކުފާނު ރާއްޖެއަށް ވަޑައިގަންފައެއްނުވެއެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން އަވަށްޓެރި ސްރިލަންކާގައި ކުރިއަށްގެންދާ ތަފާތު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަޑައިގަތުމަށް އެމަނިކުފާނު ދޭތެރެ ދޭތެރެއިން އެޤައުމަށް ވަޑައިގަންނަވައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގަންނަވާކަން ހާމަކުރައްވާފައިވާއިރު، ރާއްޖޭން ބޭރުގައި ތިބި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ބައެއް އިސްބޭފުޅުންވެސް ރާއްޖެވަޑައިގަތުމަށް ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޤައުމުގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ރައްޔިތުންނަށް ހާމަ ކުރާނަން – ރައީސް

ފެށޭ ހަފްތާއިން ފެށިގެން ރާއްޖޭގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ދިވެހި ރައްޔިތުންނަށް ސަރުކާރުން ޙިއްޞާ ކުރަމުން ...

ސްޕެއިންގެ ޗެމްޕިއަން ރެއާލްމެޑްރިޑާއި އިޓަލީގެ ޗެމްޕިއަން ޔުއެންޓާސް ޗެމްޕިއަންސް ލީގުން ކަޓައިފި

ޗެމްޕިއަންސް ލީގުގެ  ގަދަ 16 ގެ ދެވަނަ ލެގްގައި  ރޭ ކުޅުނު މެޗުތަކުން ރިއާލް މެޑްރިޑާއި ޔުވެންޓަސް ބަލިވެ ...

ކޯވިޑް-19 : ރާއްޖެއިން ބަލިޖެހުނު ދެމީހަކު ރަނގަޅުވެއްޖެ

ރާއްޖޭގައި ކޯވިޑް 19 ޖެހުނު މީހުންގެ ތެރެއިން 2 މީހަކު މުޅިން ރަނގަޅުވެފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ...