ކަމާއިބެހޭ ފަރާތްތަކުން ދެމުން ގެންދިޔަ އިރުޝާދުތަކަށް އާއްމުން ބޯ ނުލަބާކަން ހާމަވެއްޖެ- ޑރ. އަފްޒަލް

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ދެމުން ގެންދިޔަ އިރުޝާދުތަކަށް އާއްމުން ބޯ ނުލަބާކަން މާލެން ބަލިޖެހުނު އަންހެން މީހާގެ ޓްރޭސިން ހަދަން ފެށުމުން ފާހަގަވެއްޖެކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެވެ.

އެންއޯސީގައި އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ފެށުނީއްސުރެ ދެމުންގެންދިޔަ އިރުޝާދުތަކާއި ގައިދުރުކަމަށް ގޭގައި މަޑުކުރުމަށް ދެމުންގެންދިޔަ އިރުޝާދުތައް އާއްމުން އަހާފައި ނުވާކަމަށެވެ.

” މިކަމުން އަޅުގަޑުމެންނަށް ވަރަށްބޮޑެތި ފިލާވަޅުތަކެއް ދަސްވެއްޖެ ، ޚާއްސަކޮށް ފާހަގަކޮށްލަންބޭނުންވަނީ ފަށްފަށުން އާއްމުންނަށް މިދޭ އިރުޝާދުތަކަށް އާއްމުން ބޯނުލަބާކަން ، އަޅުގަޑުމެން އެހާވަރަށް މިކިޔަމުން ގެންދަނީ މީހުންގެ ތެރޭގައި އެއްވެގެން ނޫޅޭށޭ ، ގައިދުރުކަން އިޚްތިޔާރު ކުރައްވާށޭ ، އެހެން ނަމަވެސް އަޅުގަޑުމެންނަށް ފެންނަ މަންޒަރުތަކަކީ އެއާއި މުޅިން ތަފާތު މަންޒަރުތަކެއް ، ކޭސް އެއްފެނުނީމާ އަޅުގަޑުމެން ހީކުރި ވަރަށްވުރެވެސް މާ އަދަދު ގިނަކޮށް ކޮންޓެކްޓްތައް ފެނިގެން ގޮސްފައިމިވަނީ  ، އާއްމުންގެ ތެރޭގައި އެހާވަރަށް އެއްވުންތަކާއި ބުރުޖަހަން ދިއުމާއި ދަތުރުތަކަށް ދިއުމާއި ކޮންމެހެން ކުރަންނުޖެހޭ ޝޮޕިން ޓްރިޕްސްތައް ނުބާއްވާށޭ ބުނުމުން އެކަންތައް ބޭއްވުމުގެ ނަތީޖާ މިފެނިގެންދިޔައީ. މިދުވަސްވަރު އަޅުގަޑުމެން ބަލަންޖެހޭނީ ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ ފިހާރައަކަށްވެސް ނުދިއުމަށް ، މިހާރު މިއޮތީ ލޮކްޑައުންގެ ހާލަތަކަށް ގެންގޮސްފައި ، ލޮކްޑައުންގެ ހާލަތު ފިލިކަމުގައިވިޔަސް އަޅުގަޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ވަރަށްބޮޑަށް އެބެޖެހޭ ބަދަލުކުރަން ، އެހެނޫނީ އަޅުގަޑުމެންނަކަށް މިކަމެއް އެއްވެސްވަރަކަށް ކޮންޓްރޯލެއް ނުވާނެ ، އަދި މިހާރު އެއްމެ ކޭސްއެއްގެ ސަބަބުން 207 ކޮންޓެކްޓް ފެނިފައި މިވަނީ  ، އެއީ ދުވާލަކު 34 މީހުންނާއި ބައްދަލުވެފައިހުރުން ، މީގެ އެގެނީ  ގައިދުރު ކުރުމޭ މިބުނާ ކަންތައްތަކަށް އެއްވެސް ވަރަކަށް އާއްމުންސަމާލުކަން ނުދޭކަން ” ޑރ. އަފްޒަލް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް 2022 ޔޫތު ޗެލެންޖް- ފުރަތަމަ މެޗް ތަފާތު ބޮޑު ނަތީޖާއަކުން ކްލަބު ލޮތާރިން ކާމިޔާބުކޮށްފި

ކްލަބް ލޮތާރިން ފާހި ސްޕޯޓްސް ކްލަބު ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ. ” މިނިވަންކަޕް 2022 ޔޫތު ...

ޒަވާޖީ ހަޔާތް ކާމިޔާބުވުމުގެ އަސާސްއަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުން- ހުކުރު ޚުޠުބާ

ޒަވާޖީ ހަޔާތް ކާމިޔާބުވުމުގެ އަސާސްއަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުންކަމަށާ އިހުތިރާމް ކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި އަނބިންނާއި ފިރިން ...

“ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވައިފި

ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ މަތީ ފަންތީގެ އެޕާޓްމަންޓްތަކާއެކު ޢިމާރާތްކުރާ “ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ ...