ކޮވިޑް19- އައްޑޫސިޓީ – ހަފުތާއެއް ތެރޭ 765 މީހުންނަށް ކޮވިޑު ޖެހިއްޖެ

advertisement

މިދިޔަ ހަފުތާ ތެރޭގައި އައްޑޫސިޓީން  765 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުގެ ހިސާބުތަކުން ދައްކައިފި އެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އާއްމުކުރަމުން އަންނަ ތަފާތް ހިސާބުތަކަށް ބަލާއިރު މިމަހުގެ 23 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް  ހިތަދުން  420 މީހަކާއި، މަރަދުން 53 މީހުން  ، މަރަދޫފޭދޫން 42 މީހުން ، ފޭދުން 121 މީހުން ހުޅުދުން 48 މީހުން އަދި މީދުން 61 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން 9 މީހަކު ފައްސިވެފައިވެއެވެ.  

އައްޑޫގެ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ މަޝްވަރާތައް ކުރަމުންކަމަށް އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ” މިހާރު ” ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާކަމަށް މިހާރު ނޫހުން މިއަދު ބުނެފައިވެއެވެ.

އަދި މީގެ އިތުރަށް  ކައުންސިލާއި އީއޯސީ އާއި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އަންނަނީ އެޗްޕީއޭގެ އިރުޝާދާ އެކު އައްޑޫގެ ހާލަތު  ވަރަށް ގާތު ބަލަމުންކަމަށްވެސް ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު މިހާރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

އައްޑޫސިޓީގައި ކޮވިޑްޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޑްކޮށްގެން މިވަގުތު ފަރުވާ ދެމުން އަންނަނީ ދެމީހަކަށެވެ. އަދި އައްޑޫސިޓީން މިހާތަނަށް ކޮވިޑް ބަލީގައި ނިޔާވެފައިވަނީ 15 މީހެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބިރުދައްކާ މަރުގެ އިންޒާރު ދިނަސް ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސް ޖެހުމެއް ނެތް: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަންގެ މެމްބަރުންނާއި އެ ކޮމިޝަނުގެ މުވައްޒަފުން ދެމި ތިބޭނެކަމުގެ ޔަޤީންކަން ...

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެވެ. މި އަހަރު ރާއްޖެ ...

ކޮވިޑް19: މަރުވި މީހުންގެ އަދަދު ދެލައްކައަށްވުރެ މައްޗަށް

ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް  202865 އަށް އަރައިފި އެވެ. މިހާތަނަށް މުޅި ...