މާލެ އިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައި ހުރި މީހަކާއި ސެކަންޑްރީ ކޮންޓެކްޓް ވެފައިހުރި މީހަކު އައްޑޫ ސިޓީ ހިތަދޫގައި ހުރުމުން އެމީހާ ދިރިއުޅޭ ގެ މޮނިޓަރިންގެ ހާލަަތަށް ގެންގޮސްފިއެވެ.
ކޮވިޑް 19 އާއިގުޅިގެން ހިތަދޫގައި އެކުލަވާލެވިފައިވާ ” ހިތަދޫ ސޯޝަލް ސަޕޯޓް ޑެސްކް” ޓީމުން ހާމަކޮށްފައިވާގޮތުގައި މާލޭން ކޮވިޑް19 ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ހިތަދޫ މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށާ ހުރިހާ އެންމެންވެސް ކެއްތެރިވެ އޯގާތެރިކަމާއި އެއްބައިވަންތަކަން އިސްކޮށް ގޭ މަޑުކޮއްދެއްވުން އެދިވަޑައިގެންފައިވެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މިއަދު މާލެއިން މީހަކު ޕޮޒިޓިވް ވެފައިވާ އިރު އެކަމާ ގުޅިގެން މާލެ ސިޓީގެ ގެއެއްވެސްވަނީ މޮނިޓަރިންގެ ހާލަަތަށް ގެންގޮސްފައެވެ. އަދި މީގެ އިތުރަށް ކ، ކާށިދޫވެސްވަނީ މޮނިޓަރިންގެ ހާލަަތަށް ގެންގޮސްފައެވެ. ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ ކޮވިޑް-19 އަށް މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ކްލޯސް ކޮންޓެކެޓް ވެފައިވާ ފަރާތެއް އެރަށަށް ދަތުރުކޮށްފައި ވާތީއެވެ
މާލެއިން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ގެއާއި ހިތަދުން މޮނިޓަރިންގެ ހާލަށް ގެންގޮސްފައިވާ ގެއަށް ވަދެ ނިކުމެ އުޅުން މިހާރު ވަނީ މަނާކޮށްފައެވެ.
ކޮމެންޓްސް (0)