ގިނަ ހަރަކާތްތަކާއެކު އިސްރަށްވެހިންގެ ދުވަސް އެޗްޑީސީން ކުލަގަދަކޮށް ފާހަގަކުރަނީ

މި އަހަރުގެ ބައިނަލް އަގްވާމީ ދޮށީ އުމުރު ނުވަތަ އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

އެޗްޑީސީން. ހާމަކޮށްފައިވާގޮތުން ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޖްތަމައަށާއި އިސްރަށްވެހިންނަށް ގިނަ އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް މުޖުތަމައުގައި ހިންގޭ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދީ މި އަހަރުގެ އިސްރަށްވެހިންގެ ދުވަހު އެ ކުންފުންޏާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގާއި ގުޅިގެން ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ މާދަމާ ( އޮކްޓޯބަރ 2 ވަނަ ދުވަހު ) ބާއްވަން ހަމަޖެހިފައިވާ މި ހަރަކާތުގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާއި އެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމްސް ފަދަ ކުޅިވަރުތައް ކުރިޔަށް ގެންދިއުމަށް ހިމަނާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އަޅާ ގިނަ މައޫލޫމާތުތަކެއް ދިނުމާއި އެ ފަރާތްތަކުގެ ހަކުރު އަދި ލޭގެ ޕްރެޝަރު ބަލާލުން ފަދަ ހިދުމަތްތައް އެ ސަރަހައްދުން ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުންވެސް، މި އަހަރުގެ ތީމް ކަމުގައިވާ “ޑިޖިޓަލް އެކުއިޓީ ފޯ އޯލް އޭޖަސް” އާއި ގުޅުވައިގެން ދިރާގުގެ ފަރާތުންވެސް ގިނަ ހިދުމަތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި އެކަމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ޑިޖިޓަލް އާލާތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުވުމާއި މައުނަވީ ގޮތެއްގައި ބައިވެރިވުމަށް ބާރު އެޅުމާއި އެކު ހޭލުންތެރިކަން އިތުރު ކުރުން ކަމަށްވެސް އެޗްޑީސީން ބުންޞެވެ،.

އެ ހަރަކާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ 65 އަހަރުން މަތީގެ ގްރޫޕްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 06:30 – 08:30 އަށް ރުއްގަނޑު 1 ސަރަހައްދުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނަރީޝް އިންތިޚާބު ކޮށްފި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު މެދުދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އިންތިޚާބު ކޮށްފިއެވެ. ލާމަރުކަޒީ ...

އުމަރު ޒާހިރު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ...

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މެދު ބަނަދަރު ސަރަހައްދު ސާފުކޮށްފި

އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދެވުނު ސާފު ކުރުމުގެ ޕްރޮގުރާމެއް  ބާއްވައިފިއެވެ. ސާފު ކުރުމުގެ މި ޕްރޮގުރާމްގެ ދަށުން، ...