ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރުމީހަކު ރަނގަޅުވެ ބަލިމީހުންގެ ޢަދަދު 4 ށް

ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާ ދެމުން އައި އިތުރު މީހަކު ބަލިން ފަސޭހަވެ ކޮވިޑް-19 ބަލިމީހުންގެ ޢަދަދު 4 ށް ތިރިވެއްޖެއެވެ.

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މިއަދު ކޮވިޑް 19އިން ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހެއް ކަމަށެވެ.

“ދަރުމަވަންތަ ހޮސްޕިޓަލުގެ އެގާރަވަނަ ފަންގިފިލާގެ އައިސީޔޫގައި އަޅުގަނޑުމެން ފަރުވާ ދެމުން އައި އިތުރު ބަލި މީހަކު ކޮވިޑް 19އަށް ވަނީ ނެގެޓިވްވެފައި،” ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، މިއަދު ކޮވިޑް 19އިން ރަނގަޅުވި ބަލި މީހަކީ ސިވިއާ ނިއުމޯނިއާއަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދިން ބަލިމީހުންގެ ތެރެއިން ރަނގަޅުވި ތިންވަނަ މީހާ ކަމަށެވެ.

މީގެ އިތުރުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓްވި 13 މީހުންގެ ތެރެއިން ނުވަ މީހަކު ބަލިން ރަނގަޅުވިޔަސް މިއީ ރާއްޖޭގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ނިންމަންވީ ވަގުތު ނޫން ކަމަށާއި ރާއްޖޭގެ ހާލަތު ގޯސްވެދާނެ ކަމަށްވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވީ 13 ބިދޭސީންނެވެ. އޭގެ ތެރެއިން ނުވަ މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު ބަލި މީހަކަށެވެ. މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކުވެރިކަމުގެ ވޮލީމެޗުން ބަލިވީ މީދޫ ވޮލީޓީމް

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކުޅުންތެރީން ހިމެނޭ ޓީމަކާ މީދޫ ޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީ މެޗު ގުޅިފައިވާ ...

ޚިޔާނާތުގެ ފައިސާ މިލިއަން ޑޮލަރުން ވަން އަދީބުގެ ކުންފުނީގެ ނަން ރިޕޯޓަކު ނެތް – ނިޔާޒު

ކުރީގެ ނާއިބު ރައީސް އަދީބު ހިއްސާ އޮންނަ މޮންޓިލިއޯން ނަމަކަށް ކިޔާ ކުންފުންޏަށް  އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާކަމަށާ ...

ގާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސަށް ހުވާކުރެވޭނެ: ރައީސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގާނޫނީ ...