އެއްވެސް ގައުމެއްގެ އެއްވެސް މީހަކަށް ނާދެވޭ ގޮތަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިގޮތައް ނިންމެވިކަން އިއުލާން ރައީސް ސޯލިހު ނޫސް ވެރީންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ  ކުރެއްވީ ކޮވިޑް19 ހަލުވި ކަމާއެކު ފެތުރެމުންދާތީ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާނެ ކަމަށެވެ

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސާލިހް އިތުރަށް ވިދާޅުވީ، އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް އެއްވެސް ފަރާތަކަށް ވައިގެ މަގުން ނުވަދެވޭނެ ކަމަށެވެ.

މިހާރުވެސް 11 އަށްވުރެ ގިނަ ގައުމަކުން ރާއްޖެއަށް ފަތުރުވެރިން އައުން ސަރުކާރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

އެހެންކަމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް މަދުވެފައިވާއިރު މިއީ މީގެ ކުރިން ރާއްޖެ ދުވަހަކުވެސް ދެކެފައި ނުވާ ފަދަ ބޮޑު އިގްތިސާދީ އަނދަވަޅަކަށް ވެއްޓިގެންދާ ފަދަ ހާލަތެއް ކަމަށް ރައީސް ވިދާޅުވިއެވެ

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. “ސީއެންއެމް” ރިޕޯޓްކޮށްފައިވާގޮތުގައި މިފަހަރު ނަރުދޫއިން ޕޮޒިޓިވްވެފައިވަނީ ...

ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާއަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ކަޓައިފި އެވެ. ލިވަޕޫލް ...

ގެސްޓުހައުސްތައް ފަތުރުވެރިންނަށް ހުޅުވާލައިފި

ރާއްޖޭގެ ގެސްޓުހައުސްތައް މިއަދު ފަތުރުވެރިންނަށް އަލުން ހުޅުވާލައިފިއެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާގުޅިގެން ކޮވިޑްގެ  ހާލަތަށް ބަލާ، މީހުން ...