ރިސޯޓުން ފިލައިގެން ފުވައްމުލަކަށް ދިޔަ ދެމީހުން ހައްޔަރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިިއުލާނުކޮށް، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާކޮށްފައި ވަނިކޮށް، ރިސޯޓަކުން ފިލައިގެން ފުވައްމުލަކު ސިޓީއަށް ދިޔަ ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެއީ މާލެ އަތޮޅުގައި ހިމެނޭ ރިސޯޓެއްގައި މަސައްކަތް ކުރާ ދެ ދިވެހި މުވައްޒަފުންނެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ،

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ދެމީހުން، މި މަހުގެ 19 ވީ ބުރާސްފަތި ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ ދިޔަ ކަމަށެވެ. އަދި ޖެހިގެން އައި 20 ވަނަ ދުވަހުގެ ރޭގެ ފްލައިޓުން އެ ދެމީހުން ފުވައްމުލަކު ސިޓީއަށް ގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ފެނިފައިވެ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންތަކަކާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ.

އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ރިސޯޓުންތަކަށް ރަށްރަށަށް ދިއުން މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފުވާ މީހުނަށް ފުލުހުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަންހެނުން ކޮމެޓީގެ ރައީސާއަކަށް މަރަދޫ ދާއިރާގެ ނުސްރާ ، އަދި ނައިބަކަށް މީދޫ ދާއިރާގެ ނައުމާ

އައްޑޫސިޓީގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާކަމަށް މަރަދޫ ދާއިރާގެ މެންބަރު ނުސްރަތު ރަޝީދު އަދި ނައިބު ...

ލޭ ހުއްދަ ކުރާ މީހުންނާ ދެކޮޅަށް ތެދުވަން ޖެހޭ: ރައީސް

ލޭހުއްދަ ކުރާ މީހުންނާއި ދެކޮޅަށް ތެދުވަންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ ...

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ...