ލޭ ހުއްދަ ކުރާ މީހުންނާ ދެކޮޅަށް ތެދުވަން ޖެހޭ: ރައީސް

advertisement

ލޭހުއްދަ ކުރާ މީހުންނާއި ދެކޮޅަށް ތެދުވަންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

 ރައީސް ސޯލިހް ވިދާޅުވީ، އިސްލާމް ދީނަކީ، ހައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް ބަޔަކު ވަރަށް ފާޅުގައި މަސައްކަތްކުރަމުން އަންނަކަމަށާ މިއީ، މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

އިސްލާމް ދީނަކީ، ހައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް ބަޔަކު ވަރަށް ފާޅުގައި މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، މިއީ، މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖްތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަޤީދާގައި ސާބިތުވެ ތިބުންކަމަށެވެ. އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަސްރަކީ، ދީނުގެ އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ނަތީޖާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރަކީ ދީނާ ގުޅުމެއްނެތް ބާތިލު ކަންތައްތަކެއްކަމަށެވެ.

“އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް. އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަޚްލާޤީ ހަމަތަކާއި، ދީނީ އުޞޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އިންސާނީ މުޖްތަމަޢެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން.” ރައިސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ، އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް، މުޖްތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއްކަމަށެވެ.

އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި މިއީ އެއްވެސް ހާލެއްގައި އޮވެގެންނުވާނެ އިޖުތިމާއީ ވަރަށް ބޮޑު ދެ މައްސަލަކަމަށް ރައީސް ވިދާޅުވިއެވެ.

“މި ދެ މައްސަލައިގެ ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުމެއް ނޫން. މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން. ތުއްތު ކުދިންގެ ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، އެކުދިންގެ ދިރިއުޅުން ބިނާކޮށްނުދެވިއްޖެ ނަމަ، ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ. އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން، މިކަން ޙައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން.”

ރައީސް ސޯލިހް ވިދާޅުވިއެވެ.

މުޖްތަމައު ބައިބައިކުރާ މިފަދަ މައްސަލަތައް އޮތްހާ ހިނދަކު، ޤައުމުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައިކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން ހިނގައްޖެ ނަމަ، ޤައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި ހައުސިންގް މިނިސްޓްރީއިން ދެމުންދިޔަ ޚިދުމަތްތައް، އައްޑޫސިޓީ ކައުންސިލުގެ ދަށަށް

ކުރީގެ ސަރުކާރުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ބާރުތައް އަނބުރާ އައްޑޫސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކޮށްފިއެވެ. ސިޓީ ...

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެ

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެއެވެ. އުމުރުން 32 އަހަރުގެ ވިލިއަމް  އާސެނަލަށް ...

އެމްއެމްޕީއާރުސީގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލަށްލުމަކީ އިންސާފުކަމަށް ނުވިސްނޭ: ރައީސް ނަޝީދު

މިހާތަނަށް ދިވެހި ދައުލަތުން ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލާގައި ހަމައެކަނި ކުރީގެ ރައީސް ...