މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްތަކުގައި އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ގޮތް

# މަސްޖިދުލް އިބްރާހިމް މަޖުދުއްދީން

  • އިމާމު: މުހައްމަދު ފަރީދު
  • ބަދަލުގައި : ހަސަން ނާޖީ
  • ބަންގޮ ގޮވުން: އަބްދުﷲ ޚަލީލު

 

#  މާމިސްކިތް

 

  • އިމާމު: އަބްދުﷲ ނަޖީބު
  • ބަދަލުގައި: އަބްދުﷲ ހާނީ
  • ބަންގި ގޮވުން: އަހުމަދު މައުސޫމް ދީދީ

 

#   މަސްޖިދުއް ތަޒުކިރާ

 

  • އިމާމު: އަލީ މުމްތާޒު
  • ބަދަލުގައި: އަހުމަދު އަބްދުލް މުހުސިނު
  • ބަންގޮ ގޮވުން: ހަސަން އިބްރާހިމް ދީދީ

 

#  މަސްޖިދުއް ޝެއިޚް އަލީ

 

  • އިމާމު: އަބްދުﷲ ރަޝީދު
  • ބަދަލުގައި : މުހައްމަދު ރަޝީދު
  • ބަންގި ގޮވުން: ހުސެން ރަޝީދު

 

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުކުރު ނަމާދުގައި ކުރު ސޫރަތެއް ކިޔަން އެންގީ ދުނިޔޭގައި މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޖަމާއަތުގައި ވީހާ ވެސް މަދު ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށެވެ. އަދި މި ހަފުތާގެ ހުތުބާ ވެސް އެހެން ހުކުރުތަކާ ހިލާފަށް ކުރުވާނެ ކަމަށެވެ.

އެ މިނިސްޓްރީގެ އޮފިޝަލް ހާމަކުރިގޮތުގައި ކޮވިޑް-19 ގެ ހާލަތު ބަދަލުވަންދެން ހުތުބާ ކުރުކޮށް ވީހާވެސް ކުރު ސޫރަތް ކިޔަން ނިންމާފައިވާ ކަމަށާއި މި ހަފްތާގެ ހުތުބާ ހާއްސަކުރެވިފައިވާނީ ބަލި ހާލަތެއް މެދުވެރިވުމުން މުސްލިމުން އަމަލުކުރަންވީ ގޮތުގެ މައްޗަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ މި ވައިރަސްގެ އެއްވެސް އަލާމާތެއް ހުރި މީނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ކުޑަ ކުދިން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ. ސައުދީ އަރަބިއާއިންވެސް މިހާރު ވަނީ ހުކުރު ނަމާދު ކުރުކުރަން އަންގާފަ އެވެ

މިއަދުގެ ހުކުރު ނަމާދާއި ހުކުރު ޚުޠުބާ ކުރުކޮށް ކުރުމަށް ހަމަޖެހިފައިވާއިރު މީދޫގައި ހުކުރުކުރާ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތައް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެންވަނީ ނަގާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ- ފައްޔާޒު

އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އެމްޑީޕީގެ  ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ...

މީދޫ ދާއިރާއަށް  ވާދަ ކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވިފައިވާގޮތް

ރަށްޔިތުންގެ މަޖިލިސް  އިންތިޚާބުގައި މީދޫ ދާއިރާއަށް  ވާދަކުރައްވާ  ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނަގައިފިއެވެ. އަންނަ ރަމަޟާންމަސް ނިމިގެން ...

ކޯވިޑް-19 : އިތުރު 45 މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު 45 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލިޖެހުނު މީހުންގެ އަދަދު 835 އަށްއަރައިފިއެވެ. އެޗްޕީއޭއިން ...