މިއިންތިޚާބް އަޅުގަޑުމެން ކާމިޔާބުކުރާނީ އެކުއެކީ މުޅި ދިވެހިރާއްޖެ ރަންރީދޫން ޖަރީކުރަމުން – ޝޫޒާ

advertisement

ކުށުގެ ވެށިން ސަލާމަތް ކުރެވިފައިވާ  ޒުވާނުންތަކެއް އުފެއްދުމަށް  ކުރަންޖެހޭ ހުރިހާ ހަރުފަތްތަކެއް ބިނާކުރަން ތައްޔާރަށް ހުންނެވިކަމަށް މީދޫ ދާއިރާގެ ކައުންސިލްގެ މަގާމަށް  އެމްޑީޕީން ވާދަކުރައްވާ ޝޫޒާ ވިދާޅުވެއްޖެވެ.

މީދޫގައި ބޭއްވި އެމްޑީޕީ “ރަށްވެހި ފަތިސް” ޖަލްސާގައި ވާހަަކަ ދައްކަވަމުން ޝޫޒާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ބާރުތައް މަރުކަޒީ ކުރުމުގެ ސިޔާސަތު ގެންގުޅުނަމަވެސް އަދު ސަރުކާރުން އެ ކަންކަން އިސްލާހުކޮށް ކައުންސިލުތަކަށް ބާރުތައް ދީފައިވާތީ ކައުންސިލަރުގެ މަގާމަށް ހޮވިއްޖެނަމަ ކުށުގެ ވެށިން  ޒުވާނުން ސަލާމަތްކޮށް ބިނާުކުރަނިވި ޒުވާނުންތަކެއް އުފެއްދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކަމާބެހޭ ފަރާތްތަކާއިގުޅިގެން ކުރައްވާނެކަމަށެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝޫޒާ އިތުރަށް ވިދާޅުވީ ރަށްވެހިކަން ހިންގުމުގެ ސިޔާސަތުތަކަށް އެދެވޭ ބަދަލެއް ގެނެވޭނީ  އަންހެނުން ބާރުކުރުވައިގެންކަމަށާ   އަންހެނުންގެ ބައިވެރިވުމާއިއެކު މެނުވީ ރަށްވެހިކަން ހިންގުމުގެ ސިޔާސަތުތަކަށް އެދެވޭ ބަދަލެއް ނުގެނެވޭކަމަށެވެ. އަދި މީގެ އިތުރަށް  ސިއްހަތާއި ތައުލީމީ ދާއިރާގެ ސިޔާސަތުތައް ފުރިހަމަވެ  ގެވެށި ކުށްތަކަށް ހައްލު ހޯދޭނެގޮތަކީވެސް އަންހެނުން ބާރުވެރިކުރުވައިގެންކަމަށް ޝޫޒާ ވިދާޅުވިއެވެ.

”  އަޅުގަޑުގެ އެދުމަކީ ތިޔަބޭފުޅުން އަންނަން އޮތް ޖީލުގެ ހައްގުގައި ތިލަފަތަށް ފާހަގަ ޖައްސަވައި ދެއްވުން ، އެއީ ހަގީގީ ބަދަލެއް އަންހެނުންނަށް ގެނެސްދިނީ އެމްޑީޕީ ސަރުކާރުންކަމަށްވާތީ  ، އަދި އަންހެނުންނަށް ވޯޓް ދޭންވީ ސިޔާސީ މައިދާނުގައި ރަށްތައް ތަރައްގީކުރުމުގެ މަސައްކަތުގައި ވަކިފިރިހެނަކަށް ދޫނުކުރާނެ ބަޔަކަށް އަންހެނުން ވާތީ ، ކަޅު އަދިރިރޭރޭ ކިތަންމެ ދިގުލައިގެން ދިޔަކަމުގައިވިޔަސް އާދުވަހަކަށް އަލިވެލޭނެ، އިރާދަ ކުރެއްވިއްޔާ މިއިންތިޚާބް އަޅުގަޑުމެން ކާމިޔާބުކުރާނީ އެކުއެކީ މުޅި ދިވެހިރާއްޖެ ރަންރީދޫން ޖަރީކުރަމުން ، ” މީދޫގައި ބޭއްވި އެމްޑީޕީ “ރަށްވެހި ފަތިސް” ޖަލްސާގައި ވާހަަކަ ދައްކަވަމުން ޝޫޒާ ވިދާޅުވިއެވެ.

advertisement

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝުކުރީގެ ކެމްޕެއިން ޖަގަހައެއް ހުޅުދޫގައި ހުޅުވައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައ ވާދަކުރައްވަން ނިންމަވާފައިވާ ހުޅުދޫގެ މިހާރުގެ ކައުންސިލަރު އިބްރާހިމް ...

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެ

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް  އަށްޕޮޒިޓިވްވެއްޖެ އެވެ. އުމުރުން 19 އަހަރުގެ ...

ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގައި ނިންމާ އެންމެ ބޮޑު ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާނީ އައްޑޫ ސިޓީން- ރައީސް ސޯލިހު

ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގައި ނިންމާ އެންމެ ބޮޑު ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާނީ އައްޑޫ ސިޓީންކަމަށް ރައީސް ...