ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމް ދެއްވައިފިއެވެ.
ތޮއްޔިބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ވަރަށް ވަރުގައަށް ހަރަކާތްތެރިވަމުން އައި ފަރާތެކެވެ.
ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ތޮއްޔިބަކީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން އުޅުނު މީހެކެވެ. އޭނާ ރާއްޖެއައީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.
ކޮމެންޓްސް (0)