ރައީސްގެ ޝުކުރު މޯދީއަށް

ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރި، ބަންދުކޮށްފައި އޮތް ޗައިނާގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންގޮސްދިނުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި، ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ވޫހާންގައި ތިބި ހަތް ދިވެހިން އިންޑިއާގެ ނިއުދިއްލީއަށް ގެންގޮސްފައިވަނީ އެ ސިޓީގައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ އެގައުމަށް ގެންދިއުމަށް އެއާ އިންޑިއާއިން ކުރި ދެވަނަ ދަތުރުގަ އެވެ.

އެ ފްލައިޓުގައި ހަތް ދިވެހީންގެ އިތުރުން 323 އިންޑިއާ ރައްޔިތުން މިއަދު ހެނދުނު ވަނީ ދިއްލީއަށް ގެންގޮސްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯލިޝަން ހެދުމާއި ގުޅޭގޮތުން ޑިމޮކްރެޓްސްގެ ނިންމުން މިރޭ!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބަޔަކާއެކު ކޯލިޝަން ހެދުމާމެދު މިރޭ ގޮތެއް ނިންމާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި ...

ފޭދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ މާލެ ފޮނުވާލަނީ

ފޭދޫ ބޮޑު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާ މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ...

އޮގަސްޓް 19 ވަނަ ދުވަސް ސަރުކާރު ބަންދުކުރަން ނިންމަވައިފި

ކަލަންޑަރުގައި ވާ ގޮތަށް، މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މި މަހު 12 ވަނަ ދުވަހަށް ...