ކޮވިޑް-19 : ފުލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުން އިތުރުވެ ނުރައްކާ ބޮޑުވަނީ!

ފުލޫ ކުލިނިކް ތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ އިއްޔެގެ ކްލަސްޓާއަކާއި ގުޅިގެން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދުދު އިތުރުވި އިރު، ބަލިޖެހޭ މީހުންގެ އަދަދު މަތިވަމުން އަންނަ ކަމަށެވެ. ނަޒްލާ ވިދާޅުވީ, މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ފެށުނު ހަފްތާއާއި 21 އޮކްޓޯބަރުން 27 އޮކްޓޯބަރާއި ދެމެދު ފްލޫ ކުލިންކްތަކަށް ބަލީގެ އަލާމާތްތައް ހުރެގެން ދެއްކާ މީހުންގެ އަދަދު މަދުވިކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ހަފްތާގައި ބަލީ ގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކްތަކަށް ދެއްކި މީހުންގެ އަދަދު އިތުރުވެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވެސް އިތުރުވެފައިވާ ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިގޮތުން ތަފާސް ހިސާބަށް ބަލާއިރު، މީގެ ދެހަފުތާ ކުރިން ފުލޫ ކްލިނިކްތަކަށް ދެއްކިމީހުންގެ ތެރެއިން ބައްޔަށް  ޕޮސިޓިވް ވެފައި ވަނީ %6 ސާމްޕްލެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު %2 އިތުރު އަދަދެކެވެ.
އަދި ވޭތުވެދިޔަ ހަފްތާގައި ފްލޫ ކްލިނިކަށް ދެއްކިމީހުންގެ ތެރެއިން ސާމްޕަލްނެގުނު 465 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލްވަނީ  ކޮވިޑަށް ޕޮސިޓިވްވެފައެވެ.  އެއީ ސާމްޕަލްތަކުގެ %7 އެވެ.

ނަޒްލާ ވިދާޅުވީ ކޭސްތަކުގެ އަދަދު މަދުވިނަމަވެސް ފްލޫ ކުލިނިކްތަކުން ޕޮޒިޓިވްވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެކަށެވެ. އަދި މިހާރު ދެމުންދާ ލުއިތަކާއެކުވެސް ގައިޑްލައިންތަކަށް އަމަލު ނުކުރާނަމަ ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް19 ފެތުރޭ މިންވަރު ފާއިތުވި ދެތިން ހަފްތާ ދަށްވި ނަމަވެސް، އިއްޔެއާއި މިއަދު ވަނީ ކޭސްތައް 30 އިން މައްޗަށް ގޮސްފައެވެ. މިއަދު ކޯވިޑް-19 އަށް 50 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅާފައިވާއިރު އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްތަކާ އެއްގޮތައް ތަންތަން ހިންގަމުންދޭތޯ ބެލުމަށް އެޗްޕީއޭއިން އިންސްޕެކްޝަނެއްވަނީ ފަށާފައެވެ.  މިގޮތުން މިހާތަނަށް މި އިންސޕެކްޝަންގައި ސަރުކާރުގެ 133 އޮފީހަކާއި 42 ޕްރައިވެޓް އޮފީސް އަދި 20 ސްކޫލް ނުވަތަ ކޮލެޖާއި 35 މެޑިކަލް ހިދުމަތްދޭ ތަންތަން އިންސްޕެކްޓު ވަނީ ކޮށްފައެވެ.

“އިންސްޕެކްޝަންތަކުގައި ހުންނާނެ ރަނގަޅު ކުރަންވީ ކަންތައް ފާހަގަކޮށްފައި. އަދި އެކަންތައްތަކަށް އިތުރަށް ގައިޑްލައިންތައް އޮޅުންފިލުވާ ދީފައިވާނެ . ހާއްސަކޮށް ގިނަ މުވައްޒަފުން ގެންގުޅޭ ތަންތަނުން ވަރަށް މުހިއްމުކަމެއް އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްތަކާ އެއްގޮތައް ސަމާލުކަންދީ އެގައިޑްލަންތަކަށް އަމަލުކުރުން ،” ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑް ފިލައިގެން ދިޔަކަމަށް ހީކޮށް ކޯވިޑުގެ ކުރިން ނުވަތަ މިއަހަރުގެ ޖެނުއަރީމަހު އޮފީހުގެ ކަންތައް ގެންދިޔަ ގޮތަށް އޮފީސްތަކުގެ ކަންތައްތައް ގެންދިޔުމަށް މަސައްކަތް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އެހެންކަމުން ފިޔަވަޅުތައް ލުއިކޮށް ނުނެގުމަށް ޑރ ނަޒްލާ އިލްތިމާސް ކުރެއްވިއެވެ

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފި

ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފިއެވެ. އެމްޓީސީސީން ބުނެފައިވަނީ ސ. ހުޅުދޫ ބަނދަރު ތަރައްޤީ ...

މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ، އުމުރުން ...

ވެރިންގެ ތެރެއިން ޤައުމުގެ ޙައްޤުގައި ބަސްބުނީ ރައީސް ޔާމީން އެކަނި – މިނިސްޓަރ ސައީދު

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ބަސް ބުނަން ކެރުނު ހަމައެކަނި ވެރިއަކީ ...