ކެބް އެމްވީގެ ހިދުމަތް އައްޑޫސިޓީ އަދި ކުޅުދުއްފުއްޓަށް

“ކެބް އެމްވީ” ގެ ޚިދުމަތް އައްޑޫ ސިޓީއަށާއި ކުޅުދުއްފުއްޓަށް ތައާރަފްކޮށްފިއެވެ.

 advertisement

ކެބް އެމްވީ ޚިދުމަތަކީ “ފަހި ކެބް” އެޕްލިކޭޝަން މެދުވެރިކޮށް ދެމުން އަންނަ ޚިދުމަތެކެވެ.

އެހެންކަމުން މި ޚިދުމަތް ހޯދުމަށް “ފަހި ކެބް” އެޕްލިކޭޝަން، ޕްލޭ ސްޓޯރު ނުވަތަ އެޕަލް ސްޓޯރއިން ޑައުންލޯޑް ކުރަންޖެހެއެވެ.

އެ އެޕްގައި ދާން ބޭނުންވާ މަންޒިލް އަދި ބޭނުންވާ ވެހިކަލް ޚިޔާރުކުރުމުން އެވަގުތަކު އެންމެ ކައިރިން އޮތް ވެހިކަލުން އެފަރާތުގެ ދަތުރު ގަބޫލުކުރާނެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރު އަންނަނީ ކޮންތާކުންކަމާއި ދަތުރު ކުރިއަށްދާނެ މަގުވެސް ފެނިގެންދާނެއެވެ. އަދި ދަތުރަށް ދާނެ ޚަރަދުވެސް ބަލައިލެވޭނެއެވެ.

މި ޚިދުމަތަށް މާލޭގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ޓެކްސީ ސެންޓަރަކުން ދޭ ހުރިހާ ޚިދުމަތެއް މި އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެއެވެ.

މިއީ އަތޮޅުތެރޭގެ ރަށްތަކަކަށް މިފަދަ ޚިދުމަތެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެމްބަރު ޝާހިދުއަށް ހުޅުދޫން ހޫނު މަރުހަބާއެއް ދަންނަވައިފި

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ގިނަދުވަސްތަކަކަށްފަހު ރޭ ހުޅުދުއަށް ވަޑައިގެންފިއެވެ. ރޭ ޝާޑު ހުޅުދުއަށް ...

ވެންޓިލޭޓަރު މައްސަލާގައި ޕީޖީގެ ނިންމުމުގެ ތަފްސީލް މިއަދު 1 ޖަހާއިރު ހާމަކުރަނީ

ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ...

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓް އާއްމުކޮށްފި

ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީން) އަމިއްލައަށް ...