ސަރުކާރަށް އެއް އަހަރު: އައްޑޫގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްދު ޞާލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ މިއަދަށް އެއް އަހަރު ފުރުނީއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ އެމަނިކުފާނު ކުރެއްވީ 17 ނޮވެމްބަރ 2018 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ފުރުނުއިރު، ސަރުކާރުން އައްޑޫގެ ތަރައްޤީއާމެދު ގެންގުޅުއްވާ ތަސައްވުރަށް ކުލަ ޖެހެމުންދާތަން ދަނީ ފެންނަމުންނެވެ. 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ވަނީ ކޮންޓްރެކްޓް ކުރެވި ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށި އަނެއްބައި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.

ސަރުކާރަށް 1 އަހަރު ފުރުނުއިރު މިހާތަނަށް އައްޑޫގައި 17 މަޝްރޫޢުއެއް ކޮންޓްރެކްޓް ކުރެވި މަސައްކަތް ފެށުމަށް ކުންފުނިތަކާ ހަވާލުކުރެވިފައިވެއެވެ. މިމަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

  • ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްލާންޓް
  • އައްޑޫސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލް
  • އައްޑޫހައި ސްކޫލް 2 ބުރީގެ މަލްޓިޕާޕޯސް ހޯލް
  • އައްޑޫ ބެޑްމިންޓަން ކޮމްޕްލެކްސް
  • ހުޅުމީދޫ މިފްކޯ ބަނދަރު
  • ސެންޓްރަލް ޕަވަރ ސްޓޭޝަން
  • ސ.މަރަދޫފޭދު  ބަނދަރު
  • ސ.މަރަދޫ ބަނދަރު
  • ސ.މީދޫ ބަނދަރު
  • ހުޅުމީދޫ ބަހާއުއްދީން މަގު
  • އައްޑޫސިޓީގެ މަގުތަކުގައި ތާރުއަޅައި މަރާމާތުކުރުން
  • ސ.ފޭދޫ ދަނޑުގައި ޓާފް އެޅުން
  • މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން
  • ސ.ފޭދޫ ފަތާ ޓްރެކް
  • ސ.މީދޫ ފަތާ ޓްރެކް
  • ސ.ފޭދޫ ފުޓްބޯޅަ ދަނޑުގެ ގްރައުންޑް ބޭސް
  • ހުޅުމީދޫ ފުޓްބޯޅަ ދަނޑުގެ ގްރައުންޑް ބޭސް

މަސްދަރު: އައްޑޫސިޓީ ކައުންސިލް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަމުގައި ކުރިން މަސައްކަތް ކުރި އިނގިރޭސި ސިފައިންގެ ގްރޫޕެއް އިއްޔެ މީދުއަށް ޒިޔާރަތްކޮށްފި

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސ. ގަމުގައި ތިބި އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕެއް މިހާރު ...

ބައެއް ފަހަރު “ޑިސްކޯ” އަށް ގޮސް ނަށާލަން ބޭނުންވާ ޒުވާނުންނަށް މިއަދު އެ ފުރުސަތެއް ރާއްޖޭގައި ނެތް- ނަޝީދު

ބައެއް ފަހަރު”ޑިސްކޯ” އަށް ގޮސް މަޖާކޮށްލާ ނަށާލަން ބޭނުންވާ ޒުވާނުންނަށް ރާއްޖޭގައި މިއަދު އެފުރުސަތު ނެތްކަމަށާއި، މިފަދަ ކަންކަމުން ...

މިހާތަނަށް ރައީސަކަށް ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް މިއަދު އައްޑުއަތޮޅުން ރައީސް ސޯލިހުއަށް ދަންނަވާނެ

އެޖެންޑާ 19ގައި ހިމެނޭ އައްޑޫ ތަސައްވަރު ލޯންޗުކޮށްދެއްވުމަށް ރައީސް ސޯލިހު މިއަދު ހަވީރު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އައްޑޫން ...