ހުޅުދޫ ސްކޫލްގެ ދެޓީޗަރަކަށް އުމްރާ ދަތުރު ލިބިއްޖެވެ.
މިދެޓީޗަރުންނަށް އުމްރާދަތުރު ލިބިފައިވަނީ ޓީޗާސްޑޭ ފާހަގަކުރުމަށް ހުޅުދޫސްކޫލްގެ ޕީޓީއޭގެ ފަރާތުން ރޭ ކެނެރީފް ރިސޯޓްގައި ބޭއްވި ހުޅުދޫ ސްކޫލްގެ “ޓީޗާސް ގާލާ ނައިޓް” ގައެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުދޫ ސްކޫލްގެ ޕީޓީއޭގެ ފަރާތުން ކެނެރީފް ރިސޯޓްގައި ރޭ ބޭއްވުނު މިހަފްލާގައި އަސްކޮއި ހައްޖު އެންޑް އުމްރާގެ ފަރާތުން ހުށަހެޅި 2 އުމްރާ ދަތުރު ލިބޭ ފަރާތް ހޮވުމަށް ބޭއްވުނު ގުރުއަތުލުމުގައި އުމުރާ ދަތުރު ލިބުނީ ލީޑިންގ ޓީޗަރ އާއިޝަތު މިލްޒާ އަދި ޓީޗަރ ޢާއިޝަތު އަލީ އަށެވެ.
ރޭގަޑުގެ ކެއުމާއެކީ “ޓީޗާރސް ގާލާ ނައިޓް” ގެ ނަމުގައި ކުރިއަށް ގެންދެވުނު މިހަފްލާގައި ހެޔޮއެދޭ ފަރާތްތަކުން ހުށަހަޅާފައިވާ ވަރަށް އަގުހުރި އިނާމުތަކެއް މުދައްރިސުންނަށްވަނީ ދެއްވާފައެވެ.
އެގޮތުން ސަންލޭންޑް ހޮޓެލްސް އެންޑް ރިސޯރޓްގެ ފަރާތުން ދެއްވި 4 ދުވަހުގެ ހުރުމާއި އެ ރިސޯރޓްގެ ހުރިހާ ޚިދުމަތްތަކެއް ހިލޭ ލިބިގެންދާ ” ހޮލިޑޭ ޕެކޭޖް ” ޓީޗަރ ފިދާދު ޖަލީލުއަށް ލިބުނު އިރު އެންހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ޕްރެޝަރ ކުކާރ ލިބިލެއްވީ ޤްރުއާން މުދައްރިސް މަރިޔަމް ނިޒާމާ އަށެވެ. މީގެއިތުރުން އައިލޭންޑް އޭވިއޭޝަނުން ހުށަހަޅާފައިވާ ރާއްޖޭގެ ކޮންމެ މަންޒިލަކަށްވެސް ދަތުރުކުރެވޭ ދެކޮޅު ޓިކެޓް ލިބިލެއްވީ ދިވެހި މުދައްރިސް މަރިޔަމް އިނާސާއަށެވެ.
ކޮމެންޓްސް (0)