ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ޝައުނާގެ ޖަނާޒާ ބާއްވައިފި

މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ޖަނާޒާ ބާއްވައިފިއެވެ.

ޝައުނާގެ ކަށުނަމާދުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އާންމުންނަށް ޝައުނާގެ މޫނު ނުދެއްކިނަމަވެސް މިއަދު 10:30 އިން ފެށިގެން މެންދުރު ނަމާދު ވަގުތާހަމައަށް އިސްލާމީ މަރުކަޒަށް ގިނަ އަދަދެއްގެ ބަޔަކު ގޮސް އޭނާއަށް ހެޔޮދުޢާކޮށްފައިވެއެވެ.

ޝައުނާގެ މައްޗަށް ކުރި ކަށުނަމާދާ، ޖަނާޒާގެ ކަންކަމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. އަދި މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި އިސްލާމީކް މިނިސްޓަރ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  އަލިފާނުގެ ހާދިސާ ހިނގައި ދިމާވި އުދަގޫ ހާލަތުން ސަލާމަތްވުމަށް އެގަނޑީގައި ޝައުނާ ދެ ފަހަރެއްގެ މަތިން ބޭބެއަށް ގުޅާފައިވެއެވެ.  އަދި އެ ހާދިސާ ހިނގައިގެން އުޅޭކަމަށާއި ސަލާމަތް ކޮށްދިނުމަށް އެދި ބޭބެގާތުގައި އޭނާ އެދުނުކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެމްއެންޑީއެފުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައިވެސް ބުނެފައިވަނީ ޝައުނާގެ އާއިލާއިން އޭނާ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ތަކުރާރުކޮށް ދީފައިވާކަމަށެވެ. ނަމަވެސް އަލިފާންގަނޑު ފެތުރިގެން ދިޔަ އަވަސްކަމާއެކު އިތުރުބަޔަކަށް އެހީތެރިކަމެއް ފޯރުކޮށް ނުދެވި ޝައުނާވަނީ އަލިފާންގަނޑުތެރޭގައި ތާށިވެފައެވެ.

ރޭ ހިނގި އަލިފާނުގެ ހަދިސާގައި ޝައުނާ ވަރަށް ބޮޑަށް ފިހި މަރުވެފައިވަނިކޮށް ފެނުނީ ހާދިސާ ހިނގިތާ ތިން ގަޑިއެއްހާއިރު ފަހުންނެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިލްޔާސްގެ ކެނޑިޑަސީ ފޯމު ހުށައަޅައިފި

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ. އެމްޑީޕީއިން ...

އައްޑޫ އީދި ސަމާ 1445 ގެ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ އީދި ސަމާ 1445 ފާހަނގަ ކުރުމުގެ ގޮތުން ބާއްވާ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ...

އޮލިމްޕިކްސްގެ ހަތް މެޑަލްއާއެކު އެމާއަށް ދުނިޔޭގެ ރެކޯޑެއް

އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްތަކުން ހޯދި ހަތް މެޑަލްއާއެކު އޮސްޓްރޭލިއާގެ އަންހެން ފެތުންތެރިޔާ އެމާ މެކްކިއޯން ދުނިޔޭގެ ރެކޯޑެއް ހަދައިފި ...