މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމަށް ސ. އަތޮޅުމަދަރުސާގެ ފަރާތުން މީދޫ ރާފަޅާ ޕާކްގައި 8 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ކުރިއަށް ގެންދެވުނު ފޮތްކިއުމުގެ ޕްރޮގްރާމްގެ ތެރެއިން ނެގިފިވާ ފޮޓޯތަކެކެވެ.
ލިޔަންކިޔަން ދަތުމުގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަސް ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައި ވަނީ މީގެ 50 އަހަރު ކުރިން، 1965 ވަނަ އަހަރުގަ އެވެ.
ލިޔަންކިޔަން ދަސްކޮށް ދިނުމުގެ އެންމެ ފުޅާ މަޝްރޫއުއެއް ރާއްޖޭގައި ހިންގާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1980 ވަނަ އަހަރު އެވެ. އެ މަޝްރޫއު ފެއްޓި އިރު ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ 19،215 މީހުން ތިބި އެވެ . އަދި އެއީ އޭރުގެ އާބާދީގެ 18.3 ޕަސެންޓް އެވެ. ނަމަވެސް އެ މަޝްރޫއު ނިންމާލި އިރު އެ އަދަދު 2014 މީހުން ނޫނީ، 1.8 ޕަސެންޓަށް ވަނީ ދައްކުރެވިފަ އެވެ.
ކޮމެންޓްސް (0)