ހެންވޭރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ އިރު 10 ތަނެއްގައި ރޯވި

މާލޭގެ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ވީ އިރު 4 ގުދަނާއި 6 ގެއެއްގައި އަލިފާން ރޯވިއެވެ.

ރޭ އިރާކޮޅު މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ ހަތަރު ގަޑިއިރު ފަހުން ކޮންޓްރޯލްވި ނަމަވެސް އެ ސަރަހައްދުގައި ވަނީ ވަރަށް ގަދައަށް ދުމުގެ އަސަރު ކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ ހެންވޭރުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 7:30 ހާއިރު އެ މުއައްސަސާއަށް ލިބުނު ކަމަށެވެ. އެންމެ ފުރަތަމަ އަލިފާން ރޯވީ ހ. ތިލަފުށީ ގޭގައި ހުރި ގުދަނެއްގައި ކަމަށާއި ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލްނުވެ އެ އަލިފާންގަނޑު ބޮޑވުމުގެ ސަބަބުން ހަ ގެއަކަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށެވެ. އެގޮތުން ޖުމްލަ 4 ގުދަނަކާ އެކު 6 ގެއެއްގައި އަލިފާނު ރޯވެފައިވާ ކަމަސް އެމް އެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އަލިފާނުގެ ހާދިސާ ހިނގި ގެތަކުގައި ދިރިއުޅޭ މީހުންނަށް ކަލާފާނު ސްކޫލުން ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ހަމަޖައްސައިދިނެވެ. އެގޮތުން އެ ސްކޫލުގައި 300އެއްހާ މީހުން ރަޖިސްޓްރީ ކޮންފައިވާ ކަމަށް ޑިޒާސްޓާ މެނޭޖުމަންޓުން މައުލޫމާތުދެއެވެ.

މި ހާދިސާގައި 49 އަހަރުގެ އައިޝަތު ޝައުނާ ނަމަކަށް ކިޔާ އަންހެނަކު ވަނީ މަރުވެފައެވެ. އަދި ހަމައެއާއެކު ދުމުގެ އަސަރު ކޮށްގެން ގިނަ އަދަދެއްގެ ބަޔަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްޗުގައި ދިޔައީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގައިގެން އުޅުނު ސަރަހައްދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ނާއިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ބައެއް ވަޒީރުންވެސް ވަޑައިގެންނެވިއެވެ. އަދި ވަޒީރުން މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް މި ހާދިސާއާ ގުޅިގެން މުލީއާގޭގައި ބޭއްވިއެވެ.

އެ ބައްދަލުވުމުގައި ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މިހާރު ހުރި ކެމިކަލް ފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދާނެ ޕްލޭނެއް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅިވަރަށް ޚިދުމަތްކުރުމުގެ އަގުވަޒަންކޮށް ދެފަރާތަކަށް ހަނދާނީ ލިއުން ދެއްވައިފި

ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން ބޭއްވި ޚާއްސަ ހަފްލާގައި މީދުއަށް ކުޅިވަރުގެ ...

ސ.މީދޫ ގެއަކުން ފާޑުފާޑުއަޑު އިވޭތީ ސީސީޓީވީ ބެލުމުން ގައިން ދިޔައީ ހީބިހިނަގައިގެން

މިއީ ސ. މީދޫ ގެއެެއްގައި މިމަހުގެ 14ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި ހިނގި އާދަޔާ ހިލާފުކަމެއްގެ ވާހަކައެވެ. (މިއީ ...

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ...