ވިޝަލްގެ 2 ވަނަ ހެޓްރިކާއެކު އޭޓީއަތުން ގައުމު މޮޅުވެއްޖެ

ވިޝަލް މިނިވަންކަޕް 2019 ގައި  ހެދި 2 ވަނަ ހެޓްރިކާއެކު 5-4 ން ރިއަލް އޭޓީ އަތުން  ގައުމު މޮޅުވެއްޖެ އެވެ.

ހުޅުދޫ ފުޓްސަލް ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗު ފެށިގެން ގައުމުން ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ 10 ވަނަ މިނެޓްގައި ވިޝަލް ގައުމަށް ލީޑް ނަގައިދީ ގޯލް ހުޅުވާލަދިންއިރު އޭގެ 3 މިނެޓް ފަހުން ގައުމުގެ އަކުރަމް އަބްދުއްރަޝީދު ވަނީ ގައުމުގެ 2 ވަނަ ގޯލް ޖަހާ ލީޑު ފުޅާކޮށްދީފައެވެ.

advertisement

ގައުމުގެ  ގެ 3 ވަނަ ގޯލަކީ  މެޗްގެ 16 ވަނަ މިނިޓްގައި ވިޝަލް ބޮލުންޖަހާ  ފޮނުވާލި ބޯޅައެއް އޭޓީގެ ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެވެ.

އޭޓިން މިމެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ރަމީޒު ކާމިޔާބުކޮށްދީފައިވާއިރު  ފުރަތަމަ ހާފްގައި ގިނަ ވަގުތެ ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ  ގައުމުން މިމެޗްގައި ކާމިޔާބުކުރި 4 ވަނަ ލަނޑަކީ ރަނގަޅު ފޯމުގައި ކުޅެމުންދިޔަ ގައުމުގެ ވިޝަލް އޭޓީގެ ގޯލާދިމާއަށް ފޮނުވާލި ބޯޅައެއް އޭޓީގެ ރަމީޒުގެ ފައިގައިޖެހިފައިގޮސް  ގޯލަށް ވަދެގެން ކާމިޔާބު ކުރެވުނު ލަނޑެކެވެ.  އެެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރީން އޭޓީން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-2 އަށް ބަދަލުކޮށްދިނީ އެޓީގެ މުހައްމަދު ޝިޔާމެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައީ ހަތަރެއް ދޭއްގެ ނަތީޖާއިން ގައުމު އެފްސީ ކުރީގައި އޮވެގެންނެވެ.

ގައުމުން މިމެޗުގައި ކާމިޔާބުކުރި 5 ވަނަ ލަނޑު ފަހުހާފްގެ ކުޅުމުގައި ކާމިޔާބުކޮށްދީ މިމެޗްގައި ހެޓްރިކްހަދާފައިވަނީ  އެޓީމުގެ ވިޝަލްއެވެ. އެހެން ނަމަވެސް ފަހުހާފުގެ ފަހު  10 މިނިޓްކުޅުމުގައި އޭޓިން ވަރަށްކައިރިކައިރީގައި 2 ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 5-4 އަށް ބަދަލުކުރިއެވެ. މިގޮތުން އޭޓީގެ 3 ވަނަ ލަނޑު އިނާން ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ  މުހައްމަދު ޝިޔާމެވެ.

މިމެޗުން ގައުމު މޮޅުވުން އެޓީމަށް 3 މެޗުކުޅެގެން 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ 7 ޕޮއިންޓްވަނީ ލިބިފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި ގައުމަށް 3 ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކް ހެދި ވިޝަލް އެވެ. ވިޝަލް މިމެޗްގައި ހެޓްރިކް ހަދާފައިވާއިރު ގައުމު ކެނެރީފާއި ބައްދަލުކޮށް ކުޅުނުމެޗްގައިވެސް ވިޝަލްވަނީ ހެޓްރިކްހަދާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަމްލޫކުގެ ހެޓްރިކާއެކު ޝަރަފުއްދީން ސްކޫލްގެ މައްޗަށް އިރުޝާދިއްޔާސްކޫލް ބޮޑުތަފާތަކުން ކުރިހޯދައިފި

އިރުޝާދިއްޔާ ސްކޫލްގެ ފޯވާޑް މުހައްމަދު މަމްލޫކުގެ ހެޓްރިކާއެކު ޝަރަފުއްދީން ސްކޫލްގެ މައްޗަށް އިރުޝާދިއްޔާ ސްކޫލް ބޮޑުތަފާތަކުން ކުރިހޯދައިފިއެވެ. މަމެން ...

އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފި

އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މީދޫ ވޮލީޓީމަކާ ހުޅުދޫ ވޮލީޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބުކޮށްފި ...

އައިއެސްއޭ ސްޓްރީޓް ކަޕް 2018

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެރޭ ” އައިއެސްއޭ ސްޓްރީޓް ކަޕް 2018 ...