އެމް.އެން.ޔޫ ވޮލީ ބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ނިޔާވެއްޖެ

ހުންއައިސް ހާލު ސީރިއަސްވެ އިންޑިއާގައި ބޭސްފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގައުމީ ޔުނިވާސިޓީގެ ދަރިވަރު އުމުރުން 19 އަހަރުގެ އަހުމަދު އަބްދުﷲ ނަސީރަކީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް އަދި ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލްގެ ދަރިވަރެކެވެ. އަހުމަދު އަބްދުﷲ ނަސީރު ނިޔާވީ މިއަދު ހެނދުނުގެ ވަގުތެގައެވެ.

ހދ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަހުމަދު އަބްދުﷲ ނަސީރަކީ އެމްއެންޔޫ ވޮލީބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ލީޑަރެކެވެ.

މީގެ އިތުރުން އިންޓަރ ކޮލެޖް ވޮލީބޯލް ޓޯނަމެންޓް 2019 ގައުމީ ޔުނިވާސިޓީ އަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އަހުމަދު އަބްދުﷲ ނަސީރު ވަނީ ބޮޑު ރޯލެއް ކުޅެފައެވެ.

މަރުހޫމު އަބްދުﷲ ނަސީރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށާއި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ޒުވާނަކަށް ޖަލުގައި އަނިޔާކުރި ވާހަކަ ކަރެކްޝަންސް އިން ދޮގުކޮށްފި

ހުޅުދޫ ޒުވާނަކަށް މާފުށީ ޖަލުގެ އޮފިސަރުން އެކިވަރުގެ އަނިޔާތައް ކުރަމުން ދާކަމަށް ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާހަކައަކީ، އަސްލެއްނެތް ހަގީގަތާއި ...

ކަސްޓަމްސް ކުރީގެ ވެރިޔާ ޖުނައިދުގެ މައްޗަށް އުފުލި 2.6 މިލިއަން ޑޮލަރުގެ ދައުވާ ސާބިތެއްނުވި

ކަސްޓަމްސް ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދާއި އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ...

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 02 ސެޕްޓެމްބަރ 2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...