އަތޮޅުމަދަރުސާ ބަލިކޮށް 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ހޯދައިފި

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލްމެޗްގެ  ފަހުހާފްގައި  މުހައްމަދު މާހީ އަބްދުﷲ ކާމިޔާބުކޮށްދިން  ލަނޑުން ޝަރަފުއްދީން ސްކޫލް ޗެމްޕިއަންކަން ހޯދައިފި އެވެ.

އެޕްރީލް 28 ވަނަ ދުވަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި ސ. އަތޮޅުމަދަރުސާގެޓީމާއި ޝަރަފުއްދީން  ބައްދަލުކޮށް ކުރިއަށްދިޔަ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-2 އިން ޝަރަފުއްދީން ސްކޫލް ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފްގައި ޝަރަފުއްދީން ސްކޫލުން ކާމިޔާބުކުރި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު 6 ވަނަ މިނިޓްގައި އަހުމަދު އުސްމާނު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ ދެވަނަ ލަނޑު 18 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޒާދު މުހައްމަދު ޚާލިދެވެ.

އަތޮޅުމަދަރުސާޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 21 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހާޒިމް އަލީއެވެ.

ދެވަނަ ހާފްގެ ކުޅުން ފަށައިގެން 37 ވަނަ މިނިޓްގައި އަތޮޅުމަދަރުސާޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހާޒިމް އަލީ އަތޮޅުމަދަރުސާއަށް ދެވަނަ  ލަނޑު ކާމިޔާބުކޮށްދީ  މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.

އެހެންނަމަވެސް މެޗްގެ ފަހު 15 މިނިޓްގެ ކުޅުމުގައި އަތޮޅު މަދަރުސާގެ ޓީމްގެ ޑިފެންސަށް ކުޅެމުންދިޔަ ކުޅުންތެރީންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައިގެން ޝަރަފުއްދީން ސްކޫލްގެ މުހައްމަދު މާހީ އަބްދުﷲ ވަނީ އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީ މުބާރާތުގެ ޗެމްޕިއަންކަން ޝަރަފުއްދީނަށް ހޯދާ ދީފައެވެ.

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. މިރަސްމިއްޔާތުގައި ތައްޓާއި މެޑަލް ހަވާލްކޮށްދެއްވީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިހުސާނު އަބްދުލްޣަނީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޔޫތު ޗެލެންޖް 2020- މިއީ މޮޅުވުން މަޖުބޫރު މެޗެއް – އަހުމަދު ރަޝީދު

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް ގައި  މިއަދު ހަވީރު ފޭދޫޓީމާ ދެކޮޅަށް ކުޅޭ މެޗުން ...

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ފުރަތަމަމެޗް ކާމިޔާބުކުރީ ޓީމް ލިޓަސް ދެވަނަމެޗް ކާމިޔާބުކުރީ ޓީމް ގަރާޖް

Advertisement އައްޑޫސިޓީ ފޭދޫގައި “ޖޯލިއަންސް މިކްސް ވޮލީ މުބާރާތް ”  ނަމުގައި މިކްސް ވޮލީބޯޅަ މުބާރާތެއް ފަށައިފިއެވެ. ފޭދޫގެ ...

އުމުރުން އެންމެ 18 އަހަރުގެ ރަޑުކާނޫގެ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

އިގިރޭސި ވިލާތުގެ އުމުރުން 18 އަހަރުގެ އެމާ ރަޑުކާނޫ  ޔޫއެސް އޯޕަންސް ކާމިޔާބުކޮށްފިއެވެ. ރަޑުކާނޫ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިގުޅިގެން ...