ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން އެއް ހަފުތާއަށް މެދުކަނޑާލައިފި

advertisement

ފުވައްމުލައް ސިޓީގައި ވެސް ހަލުއި ކަމާއެކު ނޮވެލް ކްރޯނާ ވައިރަސް ބަލި ފެތުރެމުންދާތި މިއަދުންފެށިގެން އެއް ހަފުތާއަށް ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.

އެގޮތުން ޖާމާއަތް ހެދުން މެދުކަނޑާލީ ރޭގެ(13 މެއަި 2021) ފަތިސް ނަމާދުން ފެށިގެން މި މެއި މަހު 19 ވާ ބުދަދުވަހުގެ ރޭގަނޑު ޢިޝާ ނަމާދާއި ހަމަޔަށެވެ.

މިކަން އަންގައި އިސްލާމިކް މިނިސްޓްރިއިން ފޮނުވި ސާކިއުލާގައި ވާގޮތުން މިފިޔަވަޅު އަޅަންޖެހުނީ މިދުވަސްވަރު ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ހަލއުިކަމާއެކު ފެތުރެމުން ދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް ބަލިފެތުރުން ހުއްޓުވުމައްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.

މި ފިޔަވަޅުއެޅުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖުލީހާއި ދިނީ އިލްމުވެރިންގެ ލަފާގެ މަތިން ފުވައްމުލައް ސިޓީގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި އަދި މިއަދުގެ ޢީދު ނަމާދުގެ ޖަމާއަތް މިސްކިްތތަކުގައި ނެހެދުމަށް ވަނީ ނިންމާފައި ކަމަށް ވެއެވެ.

މިޙާލަތުގައި މިސްކިްތަތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި ‘ޞައްލޫ ފީ ބުޔޫތިކުމް” މަިފަދައި 2 ފަހަރު  ގޮވުމަށް އިމާމުންނަށް އިރުޝާދު ދެއްވާފައި ވެއެވެ.

މީގެ އިތުރުން އެމިނިސްޓްރީ އިން ހާމަކުރައްވާފައި ވަނީ މިދަނޑިވަޅުގައި މިސްކިްތތަކުގައި ޖަމާއަތުގައި ނަމާދު  ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރާކަމަށެވެ.

ވުމާއެކު މިއަދުގެ ޢީދު ނަމާދު ޖަމާއަތުގައި ކުރުމެއް ފުވައްމުލައް ސިޓީގައި ނޯންނާނެއެވެ. މިއީ ގިނަ ބަޔެއްގެ ހަނދާނުގައި ވެސް ފުރަތަމަ ފަހަރަށް މިފަދަ ހާލަތަކަށް ގޮސްގެން ޖަމާއަތުގައި ޢީދު ނުކުރެވޭ ފުރަތަމަ ފަހަރެވެ. އަދި މާދަމާ ހުކުރު ނަމާދުވެސް ޖަމާއަތުގައި ކުރުމެއް ފުވައްމުލައް ސިޓީގައި ނޯންނާނެއެވެ. ނަމަވެސް މީގެކުރިން، މިއަހަރު ގެ ފެބްރުއަރީ-މާރިޗު މަހުގައި ވެސް ފުވައްމުލައް ސިޓީއިން ފެނިގެންދިޔަ ކޮވިޑް-19ގެ އައުޓް ބްރޭކާއެކު ވެސް މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި ވެއެވެ.

މިއަދަކީ ހިޖުރައިން 1442 ވަނަ އަހަރުގެ ފިތުރު ޢީދު ވީ ބުރާސްފަތި ދުވަހެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންތިޚާބަށް ހޭލުންތެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހުޅުމީދޫގައި ބާއްވައިފި

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ...

ހޯމައިން ފެށިގެން ހުއްދަ ނުނަގައި ބޭރުގައި އުޅެވޭނެ، ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު

މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ...

މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒު: ނަޝީދު

ރާއްޖޭގެ މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އަމާޒު ކަމަށް ރައްޔިތުން މަޖިލީހުގެ ...