މެންބަރުން އަމިއްލައަށް ފިކުރު ބަދަލުކުރެވޭ ގޮތަށް ގާނޫނު އޮވެގެން ނުވާނެ: ނަޝީދު

ރައްޔިތުން ވަކި ފިކުރެއްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުމުން މެންބަރުން އަމިއްލައަށް ފިކުރު ބަދަލުކުރެވޭ ގޮތަށް ގާނޫނު އޮވެގެން ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 ނަޝީދު ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ވަކި ފިކުރެއްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމުން ރައްޔިތުންނަށް ގޮންޖަހާފައި ފިކުރު ބަދަލުކުރުމަކީ އެއްވެސް ހަމައަކުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިއީ ގެންނަންޖެހޭ އިސްލާހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ފިކުރުގައި ނުކުންނެވި މެންބަރުންނަކީ ޕާޓީގެ ގޮފިތަކުންނާއި ޕާޓީގެ ދާއިރާތަކުން ކައުންސިލަށް އިންތިހާބުވެފައި ތިބި މެންބަރުން ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކޮށްގެން މަޖިލީހަށް ކުރިމަތިލީ މީހުން ކަމަށް ވުމުން އެބޭފުޅުންނަށް ވަރަށް ރަނގަޅަށް މަޖިލިސް އެނގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ މެންބަރުންނަކީ ވަރަށް ބޮޑަށް ޕާޓީގެ ނިޒާމު ބަލައިގަނެގެން ތިއްބެވި މެންބަރުން ކަމަށާއި އެބޭފުޅުންނަށް ޕާޓީގައި ތިބުމާއި ޕާޓީގެ ފިކުރު ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ، ހުކުމް ތަންފީޒުކުރަންޖެހޭނެ: ހޯމް މިނިސްޓަރ

ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ޖަލު ހުކުމުން ބަރީއަވާކަމަށްވާނަމަ، ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ވެސް އިންތިޚާބުގައި ވާދަކުރެވެންޖެހޭނެ ކަމަށް ...

ޓްރީޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތައް ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ފަރުވާދޭ ސެންޓަރަށް

ކޯވިޑަށް ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުމަށް ފަހު އެ ހޮސްޕިޓަލުގެ ހިދުމަތްތައް ދޭ ...

ތާރީޚް ޢިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ

ދިވެހި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު ވަޙީދު “ނަދުވީ” އަވާހާރަވެއްޖެއެވެ. އުސްތާޛް ...