Advertisement
ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް އަދި އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ފޭދޫގައި ހިންގާ އެއިމްސް ކްލިނިކުން ސްރީލަންކާގެ ދެކޮޅު ޓީކެޓް ދިނުމަށް ނިންމައިފިއެވެ.
އާސަންދައިގެ ޚިދުމަތް ލިބޭ ފޭދޫ އެއިމްސް ކްލިނިކްގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި އާއްމު ބަލީގެ ޑޮކްޓަރެއްގެ އިތުރަށް އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއް މިހާރުވެސް ބަލަމުންދާއިރު އެކްލިނިކުގައި ވިޒިޓިންގ ޑޮކްޓަރުންގެ ގޮތުގައި ހިތުގެ ބަލީގެ ޚާއްސަ ޑޮކްޓަރެއްކަމުގައިވާ މޫސާމަނިކާއި ކަށީގެ ބަލިތަކަށް ޚާއްސަ އިންޑިއާގެ ޑޮކްޓަރެއްކަމުގައިވާ ސުދީރުވެސް ބަލަމުން ދެއެވެ. އަދި ލެބޯޓްރީގެ ޚިދުމަތްވެސް އެކްލިކުން ލިބެމުންދެއެވެ.
ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް އަދި އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ފޭދޫގައި ހިންގާ އެއިމްސް ކްލިނިކުން ސްރީލަންކާގެ ދެކޮޅު ޓީކެޓް ދިނުމަށް ނިންމާފައިވާއިރު މިމުބާރާތުގެ ފައިނަލްމެޗްގެ ކުޚުން މިރޭ ބޭއްވުމަށް ހަމަޖެހިފައެވެ. ފައިނަލްމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޓީމް ޗެލެންޖާސްއާއި ޓީމް އަލްފައިންއެވެ.
ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.
ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓްސް (0)