ފަތުރުވެރީންނަށް ޚާއްސަކޮށްގެން ހުޅުމީދޫގައި ވަކި ޚާއްސަ ބީޗެއް ހެދުމަށާބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

Advertisement

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެކުލަވާލާ ތަސައްވުރުގައި އާންމުން ބައިވެރިކޮށް ހިޔާލު ހޯދުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލުން ހުޅުމީދޫ ރަށްޔިތުންނާއި  ސ. އަތޮޅުމަދަރުސާގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުން ތައާރަފްކޮށް ދެއްވަމުން ހުޅުދޫ ކައުންސިލަރު ޝުކުރީ ވިދާޅުވީ އައްޑޫއަކީ ބިމުގެ ގޮތުން ތަނަވަސް އަތޮޅަކަށް ވިޔަސް، ރާއްޖޭ އެހެން ކުދި ރަށްތަށް ފަދައިން ރީތި ދޮންވެލި ތުނޑިތަކެއް އެކުލެވިގެން އުފެދިފައިވާ ރީތި ބީޗްތަކެއް އައްޑުއަތޮޅުގެ އެއްވެސް ތަނެއްގައި އުފެދިފައިނެތުމުން  ފަތުރުވެރިންނަށް  ޚާއްސަކޮށްގެން ހުޅުދުމީދޫގައި  ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ދޮންވެލި ތުނޑިއެއް ހިމެނޭގޮތައް ބީޗެއް ހެދުމާއިބެހޭގޮތުން ވާހަކަ ދެއްކުމަށް  ބޭއްވޭ ބައްދަލުވުމެއްކަމަށެވެ.

އަތޮޅުމަދަރުސާގައި ބޭއްވުނު މިބައްދަލުވުމުގައި އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ގިނަ ހިޔާލުތަކެއް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ހުށަހަޅާފައެވެ.

މިގޮތުން މިބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުޅުދޫގެ ބައެއް ފަރާތްތަކުން ބީޗް ހެދުމަށް ހުށަހަޅާފައިވަނީ ހުޅުދޫގe  މާފިށި ސަރަހައްދުގައި އަޅާފައިވާ ފްލެޓްތަކާ ދިމާއަށް މޫދު ސަރަހައްދުގައި ބީޗް ހެދުމަށެވެ.

މީދޫގެ ބައެއް ފަރާތްތަކުން ބީޗް ހެދުމަށް ހުށަހަޅާފައިވަނީ އިސްމެހެލާހެރަ ކައިރީގައި އޮންނަ ފަޅުރަށުގެ ގޮޑު ދޮށުގައި ބީޗެއް ހެދުމަށެވެ. އަދި މީދޫގެ ބައެއް ފަރާތްތަކުން ބީޗް ހެދުމަށް ހުށަހަޅާފައިވަނީ މެދު ބަނދަރުގެ ސަރަހައްދުން ވަކި ސަރަހައްދެއް ހިއްކައިގެން އެސަހަރައްދުގައި ބީޗް ހެދުމަށެވެ.

މިބައްދަލުވުމުގައި ބައެއް ފަރާތްތަކުން ގެސްޓް ހައުސް ހެދުމަށް ބިން ދޫނުކޮށްގެން އެކަމާއިބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު ބައެއް ފަރާތްތަކުން ވާހަކަ ދައްކަވާފައިވަނީ މިފަދަ ބައްދަލުމެއް ބާއްވާއިރު ކަމާއިބެހޭގޮތުން ތަޖުރިބާލިބިފައިތިބި ތަޖުރިބާކާރުން މިބައްދަލުވުމުގައި ބައިވެރިކުރަންޖެހޭނެ ފެންނަކަމަށެވެ.

ބީޗެއް ހެދުމަށް ސަރަހައްދެއް ކަނޑައެޅުމުގައި ދެއަވަށުގެ މީހުންގެ ޚިޔާލް ތަފާތުވެ  އެއްގަޑިއިރަށް ކުރިއަށް ގެންދާގޮތައް ނުވައެއް ޖެހިއިރު ފެށި މިބައްދަލުވުން 10 ޖެހިއިރު ނިންމާލީ މިކަމާބެހޭގޮތުން އިތުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމުމަށްފަހުގައެވެ.

މިބައްދަލުވުމުގައި އެމްޑީޕީ ޕްރައިމަރީގައި ހުޅުދޫ ދާއިރާން ވާދަ ކުރައްވާ ސަފާތުއާއި ޑރ. އިބްރާހިމްދީދީގެ އިތުރަށް އެމްޑީޕީ މީދޫދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ އަލްއުސްތާޒު އިމާދު ސޯލިހުގެ އިތުރަށް މީދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އަބްދުއްރަހުމާނާއި ހުޅުމީދޫގައި ގެސްޓް ހައުސް ހިންގަމުންދާ ބައެއް ފަރާތްތަކުންނާއި އާއްމުންގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެންބޮޑުވުމުން – ވެލި އެޅުމަކީ އޮތް ހައްލެއް ނޫން!

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ޓޯއިން ފެނިވަޑައިގަންނަނީ މީދޫ މަޖުދުއްދީން މަގުގައި ވިއްސާރަވެ ފެންހެދިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. ވިއްސާރައިގެ ...

 ޝަންގްރިއްލާ ވިލިގިލީގެ ހިއްސާ ސަރުކާރުން ވައުދުވީގޮތައް  ދޫކޮށްލައިފި

އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓު ހިންގުމަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން އެތަނުގައި އޮތް ސަރުކާރުގެ 30 ...

ދިރާގު ޓީވީން ޔޫއެފްސީގެ މެޗުތައް ލައިވް ކުރަނީ

ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އަލްޓިމެޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ މެޗުތައް ދިރާގު ޓީވީން ލައިވްކުރަން ދިރާގުން ...