އިމްރާން ކުޅުން ހުއްޓާލާމެޗްގައި ބައިވެރިވުމަށް ސަލްގާޑޯ ރާއްޖެ އަތުވެއްޖެ

Advertisement

ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ރާއްޖެ އަތުވެއްޖެއެވެ. ސަލްގާޑޯ ރާއްޖެ އައިސްފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ގޯލުކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރުމުގެ ގޮތުން ކުޅޭ ހާއްސަ މެޗުގައި ބައިވެރިވުމަށެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ސަލްގާޑޯގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމުގައިވާ ޑެންމާކުގެ ޕީޓާ ޝުމައިކަލް ވެސް ކުޅޭނެއެވެ. އޭނާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އިމްރާންގެ ޝަރަފްވެރި ކަމުގެ މެޗުގައި ޝުމައިކަލް އާއި ސަލްގާޑޯ ކުޅޭނީ، އިމްރާން ވެސް ހިމެނޭ ގޮތަށް އޭނާ އެކުލަވާލާފައިވާ ކުޅުންތެރިންގެ ޓީމާ ދެކޮޅަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  އެފްއޭއެމް މޯލްޑިވްސް އަންނަ ހޮނިހިރު ދުވަހުގެ ރޭ  ބާއްވާ އެފްއޭއެމް މޯލްޑިވްސް ފުޓްބޯލް އެވޯޑް ހަފްލާގައި ޝުމައިކަލް އާއި ސަލްގާޑޯ ބައިވެރިވާގޮތައް ވަނީ ހަމަޖެހިފައެވެ.

2000 ވަނަ އަހަރުން ފެށިގެން ގައުމީޓީމަށް ކުޅެން ފެށި އިމްރާން  މިހާތަނަށް ގައުމީ ޓީމަށް 111 މެޗް ކުޅެފައިވާއިރު، ގައުމީ ޓީމަށް އިމްރާން ކުޅުނު ހަތަރު މުބާރާތެއްގެ ފައިނަލަށް ގައުމީޓީމް ގެންގޮސް ދިނުމުގައި އިމްރާންވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި މީގެ އިތުރަށް  2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގެ ގައުމީ ޓީމު ހޯދި ފަހަރާއި އޭއެފްސީ ޗެލެންޖު ކަޕްގެ ތިން ވަނަ މަގާމު ގައުމީޓީމު ހޯދި ފަހަރު ވެސް އިމުރާނުވަނީ ގައުމީޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ހުއްޓާލީ އޭޝިއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށްފަހު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ގަދަފަދަ ލިޓަސް އަލްފައިންގެ އަތްދަށަށް

ޖޯލިއަންސް މިކްސް  ވޮލީބޯޅަ މުބާރާތުގެ ނަމުގައި މިހާރު ފޭދޫގައި ކުރިއަށްދާ ވޮލީ މުބާރާތުގައި  އެންމެ ވަރުގަދަ އެއްޓީމެއްގެ ގޮތުގައި ...

އޮސަސޫނާ ބަލިކޮށް ރެއާލަށް އެއްވަނާގައި ދިހަ ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދިހަ ޕޮއިންޓްގެ ...