އަންނަ އަހަރު ދެވަނަޓާމްގައި ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދެނީ

Advertisement

އަންނަ އަހަރު ދިރާސީ އާ އަހަރާއެކު 25 ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވާއިރު އޭގެ ނަތީޖާއަށް ބެލުމަށްފަހު ދެވަނަ ޓާމްގައި ހުރިހާ ސްކޫލެއްގައި ނާސްތާ ލިބޭނެގޮތް ހަމަޖައްސާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮގްރާމް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 25 ސްކޫލެއްގައެވެ.

ނާސްތާ ދޭން ފެށުމާ ގުޅޭގޮތުން ބެލެނިވެރިންނާއި އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވީ ކުދިންނަށް ފޯރުކޮށްދޭ ނާސްތާއަކީ އެންމެ ރަނގަޅު ރައްކާތެރި ނާސްތާއަށް ހެދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރައްވާނެކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުންގެ ސިއްހީ މައުލޫމާތާއި އެނޫންވެސް އެކި މައުލޫމާތު ސްކޫލްތައް މެދުވެރިކޮށް ބަލަމުންދާނެ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންނަށް ދެ ކާނާއަކީ ރައްކާތެރި ތާޒާ ކާނާތޯ ކަށަވަރުކުރާނެ ކަމަށާއި އެ ކާނާ ތައްޔާރުކުރާ ތަނަކީ އެޗްޕީއޭ އިން ހުއްދަލިބިގެން ހިންގާ ސާފުތާހިރު ތަންތަންތޯ ކަށަވަރުކުރާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނި ވިދާޅުވެފަ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން މިހާތަނަށް މާލޭގެ 4 ސްކޫލަކާއި އަތޮޅުތެރޭގެ 18 ސްކޫލަކުން ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކްރޮސްރޯޑްސްގެ ސައި ލެގޫންގެ ވޯޓާވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މޫދުގައި މަރުވެފައި ...

ކުރިއަށްއޮތް 5 އަހަރު އިބޫގެ ވެރިކަމެއް ނިމޭއިރު އައްޑޫސިޓީގެ އެއްވެސް މީހަކު ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެ- ރޮޒެއިނާ

ކުރިއަށްއޮތް 5 އަހަރު އިބޫގެ ވެރިކަމެއް ނިމޭއިރު މިއައްޑޫސިޓީގެ އެއްވެސް މީހަކު ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެކަމަށް އައްޑޫ ...

އާޝާން ދޯނިން މީދޫއާއި ހުޅުދޫގެ މީހުން އުޅޭ ހުރިހާ ގެއަކަށް  މަސް ހަދިޔާކޮށްފި

ހުޅުދޫ ” އާޝާން ” ދޯނިން  މީދޫއާއި ހުޅުދޫގެ މީހުން ދިރިއުޅޭ ހުރިހާ ގޭބީސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ...