ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފިއެވެ.

އުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދާފައެވެ.

Advertisement

ކޯޓް އަމުރެއްގެ ދަށުން ރައީސް ޔާމީނުގެ އެކައުންޓް ފްރީޒްކޮށްފައިވާއިރު   މާދަމާގެ މެންދުރުފަހު ދޭއް ޖަހާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ، ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އަދި މި މައްސަލަތަކާއި ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގެ މެޗްތައް މިރޭ ފަށަނީ

ގައުމު ސްޓްރީޓް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗުތަކުގެ ތެރެއިން ދެމެޗެއްގެ ކުޅުން މިރޭ ފަށަން ތާވަލްކޮށްފި ...

ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރުދާއިރާގެ މެމްބަރު ފާރިސް މައުމޫން އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ކޯޓުއަމުރެއްގެދަށުން ފާރިސް ފުލުހުންގެ ...

ބޮޑު ތިލަދުންމަތީގައި 8000 އެނދު ތަރައްގީކުރުމަކީ އަމާޒެއް

މި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަމަށް 8,000 ...