ނެޓްބޯޅަ : ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރުކޮށްފި

މިހާރު މީދޫގައި ކުރިއަށްދާ އެމްއީސީ ބަދަހިކަޕް  ނެޓްބޯލް މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރު ކޮށްފިއެވެ.
ހުޅުދޫ ޔޫތު ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރު ކުރީ މުބާރަތުގެ ދެ ވަނަ ސެމީފައިނަލް މެޗްގައި ރޭ މިފްކޯއާއި ބައްދަލުކޮށް 31 ޕޮޓު 27 ޕޮޓުން  މެޗް ކާމިޔާބު ކޮށްގެން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުދޫ ޔޫތުގެ އަމީޝާއެވެ.
މިމުބާރާތުގެ ފައިނަލްގައި ހުޅުދޫ ޔޫތާ ބައްދަލުކުރާނީ ސެމީފައިނަލްގެ ފުރަތަމަމެޗްގައި ރޭ ޓީމް ހުދުހުދު 34 ޕޮޓު 27 ޕޮޓުން ބަލިކޮށްފައިވާ ހުޅުމީދޫ ޕޮލިސްޓީމެވެ.
ހުޅުދޫ ޔޫތާއި ޕޮލިސް ބައްދަލުކުރާ ވާދަވެރި އަދި ފޯރިގަދަވާނެކަމަށްބެލެވޭ މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ މީދޫ ކުޅިވަރުއެރީނާގެ ނެޓްބޯޅަ ކޯޓްގައެވެ..

މިމުބާރާތުގައި ބައިވެރިވި ޓީމްތަކަށް ރާއްޖޭގެ އެކިސަރަހައްދުތަކުގެ މޮޅެތި ނެޓްބޯޅަ ކުޅުންތެރީން ކުޅެފައިވާއިރު އެއްޓީމަކަށް އަތޮޅުން ބޭރުގެ އެންމެ ގިނަ ކުޅުންތެރީން ކުޅުންތެރީން ކުޅެމުންދަނީ ޕޮލިސްޓީމަށެވެ. އަދި އެޓީމަށް ކުޅެމުންއަންނަ ރަށުން ބޭރުގެ ( ފުވައްމުލަކު )  ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

ހުޅުދޫ ޔޫތާއި ޕޮލިސްޓީމު ފައިނަލްގައި ވާދަކުރާއިރު މިދެޓީމަކީ ދެގްރޫޕްގައި ހިމެނިގެން ފައިނަލަށް ހޮވުނު ދެޓީމް ކަމަށްވާތީ މިދެޓީމް މިމުބާރާތުގައި މީގެކުރީން ބައްދަލުކޮށްފައެއްނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސެލޯނާ ބަލިވެ ޕޮއިންޓް ޓޭބަލްގެ 1 ވަނަ މަގާމް ގެއްލުމުގެ ފުރުސަތު ބޮޑުވެއްޖެ

2007 ވަނަ އަހަރަށްފަހު ވެލެންސިޔާގެ ދަނޑުގައި ވެލެންސިޔާއަތުން ބާސެލޯނާ ބަލިވެއްޖެވެ. ސްޕެނިޝް ލީގުގައި ވެލެންސިއާގެ ދަނޑުގައި ރޭ ވެލެންސިޔާއަތުން ...

ލޯންޗް އެކްސިޑެންޓުގައި ގެއްލުނު މީހާ މަރުވެފަ އޮއްވަ ފެނިއްޖެ

ދެ ލޯންޗު ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާ ކަނޑު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ. ...

“ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ”ގެ އެއްވަނަ އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ހޯދައިފި

ޕަބްލިކް ސަރވިސް މީޑިއާއިން ގެނެސްދޭ މަޝްހޫރު ޤުރްއާން މުބާރާތް ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ފަޙްރުވެރި އެއްވަނަ ...