ފަނޑިޔާރުންގެ އިނާޔަތް ބޮޑުކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭ ގޮތް ހަދަނީ

ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާހުކުރުމަށާއި އެ ނޫންވެސް ބައެއް މުހިންމު އިސްލާހުތައް ގެނައުމަށް ސަރުކާރުން ނިންމައި މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮތީ ބޯހިޔާވަހިކަން ހޯދުމުގައި އޮތް ހުރަސް ލުއިކޮށްދީ، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވެސް ކުރިމަތިލެވޭނެ ގޮތް ހެދުމެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަންވާނެ ކަމުގައި ގާނޫނުގައި ކަނޑައަޅާ ގޮތަށް އިސްލާހު ގެނައުމަށް ވަނީ ނިންމައިފައެވެ.

އޭޖީ އޮފީހުން ބުނީ މި ބިލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވާ އިސްލާހުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިސްލާހާއެކު ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުމަށް ހިމެނޭ ކަމަށެވެ.

ހަމައެހެންމެ ބިލުގައި ވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް އިސްލާހު ގެނައުމަށް ވެސް ހިމަނާފައެވެ. އެގޮތުން، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް ވުން ވަނީ ލާޒިމް ކޮށްފައެވެ.

މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 ޕަސަންޓަށްވުރެ މަދުނުވާނެ އަދަދަކަށް ކަނޑައެޅުމަށާއި ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށް ވެސް ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ ކުރިން އަމަލުކުރަމުން އައީ އުމުރުން 55 އަހަރު ވުމުން ވެސް އަމިއްލައަށް ރިޓަޔާވެވޭ ގޮތަށެވެ. މި ބިލުގެ އިތުރުން ސަރުކާރުގެ ފަރާތުން ދެން މަޖިލީހަށް ހުށަހަޅާފައިވަނީ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޓެކްސް ބޮޑުކުރުމަށް ގާނޫނަށް ގެންނަ އިސްލާހުތަކެވެ.

މަސްދަރު: ޚަބަރު އޮންލައިން.ކޮމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަގޫދޫގައި ބަހައްޓާފައިހުރި ސޯލާ ކަރަންޓުގެ ނިޒާމުން އުފައްދާ ކަރަންޓު ފެނަކައަށް ގަނެފި

ފ. މަގޫދޫގައި ގާއިމުކޮށްފައިވާ ސޯލާ ކަރަންޓުގެ ނިޒާމުން އުފައްދާ ކަރަންޓު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ގަތުމުގެ އެއްބަސްވުމެއްގައި މިއަދު ...

މާލޭގައި ހިގި ރޭޕްގެ މައްސަލަ : ނުފެންނަކަމަށް ހެދުމަކީ ހައްލެއްނޫން – ރޮޒޭނާ

މިދިޔަ ހުކުރު ދުވަހުގެރޭ މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕްކުރަން އުޅުނުއިރު އެސަރަހައްދުގައި ...

”އިންޑިޔާ އައުޓް“ އަކީ ރައީސް ޔާމީން ހިންގަވާ ޖަރީމާއެއް – ނާޒިމް

ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ ކެމްޕެއިން ”އިންޑިޔާ އައުޓް“ ކެމްޕެއިން އަކީ ...