ސިޓީ ކައުންސިލުތަކަށް ބާރު ދިނީ މޮހަނަށް އޮޑި ދޭ އުސޫލުން – ފުވައްމުލަކު މޭޔަރ

ސިޓީ ކައުންސިލުތަކަށް ބާރު ސަރުކާރުން ދިނީ މޮހަނަށް އޮޑި ދޭ އުސޫލުން ކަމަށް ފުވައްމުލަކު މޭޔަރ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ ފަލާހު  ކުރެއްވި ޓުވީޓެއްގައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ވަޒީރުންގެ މަޖިލީހުން ދިނުމަށް ނިންމުމަށްފަހު ސިޓީކައުންސިލްތަކަށް ދިނުމަށްހަމަޖެހިފައިވާ  ބާރުތައް ވަނީ ކަނޑައަޅުއްވާފައެވެ.

ކެބިނެޓު ބައްދަލުުވުމުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކުރައްވާފައިވާ، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރުމުގައި، އެ ވުޒާރާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.

މިއާއެކު އަލުން ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމެވި ބާރުތަކުގެ ތެރޭގައި ހިމެނެނީ

އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުމާއި، ރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން ފަދަ ކަންކަން ބެލެހެއްތުންވެސް ވަނީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.

އިސްވެ ދެންނެވުނު ބާރުތަކަކީ ލާމަރުކަޒީ ޤާނޫނުން ރަށުކައުންސިލްތަކަށް ވެސް ދީފައިވާ ބާރުތަކެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަގޫ ރޯޅިއެއް އަރައި ފޮނަދޫ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ލ. ފޮނަދުއަށް ނަގޫރޯޅިއެއް އަރާ، ރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ ރޭގެ ފަތިހުގެ ވަގުތެއްގައި ފޮނަދުއަށް އެރި ...

ކަރަންޓާއި ފެން ބިލުން ބައެއް ސަރުކާރުން ހިލޭކުރަނީ

ކޯވިޑް-19 އާއި ގުޅިގެން އާޢްމުންނަށް ދިމާވާނެ މާލީ ހާލަތަށް ބަލާ ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ...

މިސްޓަ މޯލްޑިވްސްގެ މަގާމު ޖެހިޖެހިގެން ދެވަނަ އަހަރު ޔާމީންހޯދައިފި

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިސްޓަރ މޯލްޑިވްސް 2022 ގެ ޝަރަފް ޖެހިޖެހިގެން ...