ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ސ. ފޭދޫ ކުމުންޒާނިގެ، ފާތިމަތު އަމީރާ މަޖިލީހުން ޢައްޔަންކުރައްވައިފިއެވެ.

ހުސްވެފައިވާ ސިވިލް ސަރވިސްގެ މަޤާމަށް އަމީރާ ޢައްޔަން ކުރަން ފެންނަ ކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އަމީރާ ސީއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިއިރު މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ އަމީރާގެ އިތުރުން ދެ ބޭފުޅެއްގެ ނަން މަޖިލިސް ތަޅުމަށް ވަނީ ފޮނުވާފައެވެ.


އެ ދެ ބޭފުޅުންނަކީ ތ. ހިރިލަންދޫ ލިލީގެ ޢަބްދުރަޙީމް ޙަސަނާއި މާފަންނު ވެލަގަލި މުޙައްމަދު މާހިދު ޝަރީފެވެ. މި ދެ ބޭފުޅުންގެ ނަމަށް މަޖިލީހުން ވޯޓަށް ނޭހީ ސީއެސްސީގެ މެންބަރު ކަމަށް ޢައްޔަންކުރަން ބޭނުންވާ ވަރަށްވުރެ އިތުރަށް އަމީރާއަށް ވޯޓު ލިބިވަޑައިގަތުމުންނެވެ.

ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލުމުން 22 މީހަކު ކުރިމަތިލާފައިވެއެވެ. ނަމަވެސް އޭގެތެރެއިން ޝަރުތު ފުރިހަމަވީ 14 މީހުންނެވެ.

މި ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން ޢާއްމުކުރި ރިޕޯޓުގައި ބުނެފައިވަނީ ޝަރުތު ހަމަވި 14 މީހުންގެ ތެރެއިން އެކަކު ނަން އަނބުރާ ގެންދިޔުމުން އެނާއާއި އިންޓަވިއުކޮށްފައި ނުވާ ކަމަށެވެ.

ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 13ވަނަ މާއްދާގައި ބުނެފައިވަނީ ސިވިލް ސަރވިސްގެ މެންބަރުކަމުގެ މަޤާމަށް މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ޢާއްމުކޮށް އިޢުލާން ކުރަންވާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީ ޕްރައިމަރީގެ ނަންތައް ތަރުތީބުކޮށްފި، ރައީސް ނަޝީދަށް 1، ރައީސް ޞާލިޙަށް 2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި އެޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ...

ކޯވިޑް މެނޭޖް ކުރުމަށް ސަރުކާރުން ކުރާމަސައްކަތުން ރަގަޅު ނަތީޖާއެއް ފެނިގެންދާނެ- އިލްޔާސް ލަބީބު

ކޯވިޑުގެ ނުރައްކާތެރި ހާލަތުން އަރައި ގަތުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުން، މިބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ...

މިއަދުން ފެށިގެން ކޮވިޑް-19 ގައިޑްލައިނަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން މީގެ ކުރީން އެކުލަވާލާފައިވާ ގައިޑްލައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. އެޗްޕީއޭއިން ނެރުނު ...