އަޅުގަޑުގެ ސިޔާސީ ހަޔާތް ނިމުނުކަމަށް ދެކެވަޑައި ނުގަންނަވަން- ރައީސް ނަޝީދު

ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް  ނިމުނުކަމަށް ދެކެވަޑައި ނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެވެ.

ރައީސް ނަޝީދު މިހެންވިދާޅުވީ ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުކުމް  ބާޠިލްކުރި އަޑު އެހެން ނިމުނުފަހުން ނޫސްވެރީންނާއި ބާއްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލުހުކުމް ބާޠިލްކުރި އަޑުއެހުން ނިމުނުފަހުން  ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް މިހާހިސާބުން ނިމުނީކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.  އަދި މީގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތާއި ދުރަށް ވަޑައިނުގަންނަވާނެކަމަށާ ގާނޫނީގޮތުން ރާއްޖޭގައިހުރި މައްސަލަތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މީގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިނިވަންވެޑައިގެންފައިވަނީ ރަށްޔިތުންކުރި ބުރަމަސައްކަތާއި ރަށްޔިތުންގެ ހިތްވަރުންކަމަށެވެ.

” އަޅުގަޑުމެންނަށް މިލިބުނު ކާމިޔާބަކީ ހުރިހާ ބޭފުޅުން އެކުގައި ކުރެއްވި މަސައްކަތެއްގެ ކާމިޔާބު . އަޅުގަޑު އުއްމީދު ކުރަނީ މިދިވެހިރާއްޖޭގެ ޝަރުއީނިޒާމަކީ އިންސާފްވެރިކަމާއިއެކީގައި ހިގާނެ ޝަރުއީ ނިޒާމަކަށްވެގެންދާނެކަމަށް . އަޅުގަޑު ދެކޭގޮތުން އަޅުގަޑުމެންގެ ޝަރީއަތުގެ ނިޒާމް އިންސާފްވެރި ކުރެވޭނެ . އަދި އެކަމަށް ބޭނުންވާ އިސްލާހުތަކާއި އެކަމަށް ބޭނުންވާ ގާނޫންތަކާއި އާއްމުގާނޫންތަކަށް ގެންނަންޖެހޭ ބަދަލުވެސް އަދި ގާނޫން އަސާސިއަށް ގެންނަންޖެހޭ ބަދަލުވެސް އަޅުގަޑުމެންނަށް ގެނެވޭނެ . ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ދުވަހު އަދި ޚާއްސަކޮށް އެބޭފުޅާގެ ކެމްޕެއިންގައިވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިންސާފު ގާއިމްކުރުމަކީ އެބޭފުޅާގެ ސަރުކާރުގައި އެބޭފުޅާ ދެގޮތެއްނުވެ ސާބިތުކަމާއެކީގައި ކުރައްވަމުން ގެންދަވާނެ މަސައްކަތެއްކަމަށް . އަދި އިރާދަކުރެއްވިއްޔާ އަޅުގަޑުމެން މިއުއްމީދުކުރާ ދިވެހިރާއްޖެ އަޅުގަޑުމެންނަށް ލިބޭނެ ” ރައީސް ނަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް މާދަމާ ހަވީރު ފަށަނީ

ހުޅުދޫ  ހެލްޕިންގ ސޯޝަލް ކެއާ އިން އިންތިޒާމުކޮށްގެން ހުޅުދޫގައި ބާއްވާ ނެޓްބޯޅަ މުބާރާތް ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ...

ރަސްރަނި ނެޓްބޯޅަ ޗެލެންޖް –ޝިފްނާގެ މޮޅު ކުޅުމާއެކު ހެލްތު ސެންޓަރުން މިފްކޯ ބަލިކޮށްފި

ހުޅުދޫގައި މިހާރު ފެށިގެން ކުރިއަށް ގެންދާ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ޗެލެންޖް 2022″ ނެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ...

ލިވާތުކުރުމަކީ އެހެން މީހަކަށް ނުރައްކަލެއް ނޫންނަމަ، ސަދޫމް އެފުށް މިފުށަށް ނުޖެއްސެވީސް: ޑރ.މޫސާ އަންވަރު

ލިވާތު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންނަމަ، ސަދޫމްގެ މައްޗަށް އޮތް ފުށް، ވަތަށް އޮތް ފުށްކަމުގައި ...