ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން: ރައީސް ނަޝީދު

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރާއްޖެޓީވީއަށް ފާޑުވެދާޅުވެ ވަހަކަދައްކަވާފައިމިވަނީ އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭ ގޮތުން ރޭ އެޗެނަލުން ގެނެސްދިން ރައީސް ނަޝީދުގެ ޚާއްސަ އިންޓަރވިއުއެއްގެ ތެރެއިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރައްވަފާނަންތޯ ސުވާލު ކުރުމުން އެސުވާލަށް ސީދާ ޖަވާބުނުދެއްވުމުން ދެ ވަނަ ފަރަހަރަށްވެސް ޕްރެސެންޓަރ އެ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެޓީވީގެ ބޭނުމަކީ ސެންސޭޝަން އުފެއްދުން ކަމަށާއި، ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުމާއި، ފޯލްޓް ލައިނެއް ގެނައުން ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ނޫސްވެރިންގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުން ކަމަށާއި، ނަމަވެސް އެމަނިކުފާނު އެ ދަރަޖައަށް ވަޑައިނުގަންނަވާނެ ކަމަށް ފުރަތަމަ ފަހަރަށް ރާއްޖެޓީވީއަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

”އަޅުގަނޑަށް ވެސް އިނގޭ ތިބޭފުޅުން ބޭނުންވެވަޑައިގަންނަވަނީ ސެންސޭޝަންކަން. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުމާއި، ފޯލްޓް ލައިނެއް ގެނައުން ކަން. އެހެން ނަމަވެސް ގަބޫލުކުރައްވާ، ދެނެވަޑައިގަންނަވާ އަޅުގަނޑުމެންގެ އަތް ވެސް ނުގުޑާނެ. އަޅުގަނޑާއި އިބްރާހިމް މުހައްމަދު ސޯލިހާއި ތިބޭނީ މިހެން [އަތުގެ އިޝާރާތުން ދެ އިނގިލި ދައްކާލައްވަމުން، ދެބޭފުޅުން ތިއްބަވާނީ އެކުގައި ކަމަށް އިޝާރާތް ކުރެއްވި.

”އަޅުގަނޑަށް އިނގޭ ނޫސްވެރިން ބޭނުންވެވަޑައިގަންނަވަނީ މިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށް ކަން. އަދި ތިބޭފުޅުން ދެކެވަޑައިގަންނަވާ ނޫސްވެރިކަމުގެ ތެރޭގައި، އެއީ ރަނގަޅު ކަމަކަށް ވެސް ވެދާނެ. އެހެން ނަމަވެސް އަޅުގަނޑެއް އެ ދަރަޖައަކަށް ނުދާނެ.“

ރައީސް ނަޝީދުގެ ޚާއްސަ އިންޓަރވިއުގައި ރޭ އެމަނިކުފާނުވަނީީ ރައީސް ޔާމިން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވިބައެއްބޭފުޅުން  ރައީސް އިބޫގެ ސަރުކާރުގެ ސިޔާސީ ބައެއް މަގާމުތަކަށް ވަޑަިގަންނަވަމުންގެންދާކަމަށް ވިދާޅުވެ ކޯލިޝަންގެ އަނެއް ތިންލީޑަރުން އެކަމަށް ސަމާލުވެލެއްވުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.

މަސްދަރު: ހަފްތާ .އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – ރާއްޖެއިން އިތުރު 68 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް ރާއްޖެ އިން އިތުރު 68 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއަދު 18:00 އާއި ހަމައަށް ...

ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފ

އިސްލާމިކް މިނިސްޓްރީން މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިއެވެ. އިސްލާމިކް މިނިސްޓްރީން މިގޮތައް ނިންމީ ...

އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި އައްޑޫސިޓީ ޒުވާނަކު މަރުވެއްޖެ

މެލޭޝިއާ އިމާރާތެއްގެ 14 ވަނަ ފްލޯ އިން ވެއްޓި އައްޑޫސިޓީ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ...