ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެމަޤާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ސްޓާފްގެ މަގާމަށާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ކަމުގެ މަޤާމަށް އައްޔަން ކުރެއްވީ ސ. މަރަދޫފޭދޫ އަލްފާޟިލް ޢަލީ ޝިޔާމެވެ. އަދި ޗީފް އޮފް ސްޓާފް ކަމުގެ މަޤާމަށް އައްޔަން ކުރެއްވީ ޏ. ފުވައްމުލައް މިސްކިތްމަގު މާހުގެ އަލްއުސްތާޛު ޢަލީ ޒާހިރެވެ.

 ޗީފް އޮފް ސްޓާފްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ޒާހިރު އައްޔަން ކުރެއްވީ މިނިސްޓަރ ފެންވަރުގައެވެ.

މި ދެބޭފުޅުން މަޤާމަށް އައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދެއްކުމުގެ ލައިސަންސް ނެތް ޗެނަލްތައް ދައްކާނަމަ ރިޕޯޓް ކުރުމަށް އެމްބީސީން އެދިއްޖެ

ވޯލްޑް ކަޕްގެ މެޗްތައް ދެއްކުމުގެ ލައިސަންސް ނެތް ފަރާތްތަކުން، ހުއްދަ ނެތް ޗެނަލްތައް ނުދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ...

އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެ

މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެއެވެ. މިއަދު ހެނދުނު 07:05 ކަންހާއިރު ...

ދުވާލަކު 1000 ޓެސްޓްކޮށް، އަތޮޅުތަކުގައި ޓެސްޓްކުރަން ފަށަނީ

މާލޭ ސިޓީން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ...