އައްޑޫ ސަރަޙައްދީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

އައްޑޫ ސިޓީގެ ސަރަޙައްދީ ބަނދަރު ތަރައްޤީ ކުރުމުގެ 211 މިލިއަން ރުފިޔާގެ މަޝްރޫޢު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އައްޑޫ ސަރަޙައްދީ ބަނދަރުގެ މަޝްރޫއަކީ އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ ސަރަހައްދީ ބަނދަރުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ. މިރަސްމީއްޔާތުގައި ބަނދަރު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ، ހިތަދޫގައި މިހާރުއޮތް ސަރަޙައްދީ ބަނދަރަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ބޯޓު ކައިރި ކުރުމުގައި ދިމާވާ ދަތިތައް ކަމަށެވެ. އެގޮތުން މަގަތު ފާލަމަށް ބައެއް މޫސުންތަކުގައި ބޯޓުފަހަރަށް ކައިރި ނުކުރެވި، މުދާ ބޭލުމުގައި ދަތިތަށް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އައްޑޫގައި ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. ވަރަށްއަވަހަށް މިމަޝްރޫއުގެ ޢަމަލީ މަސައްކަތްވެސް ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން މިހާރުވެސް އައްޑޫގައި 600 މިލިއަން ރުފިޔާގެ މަޝްރޫޢު ހިންގަމުންދާ ކަމަށެވެ. މިމަސައްކަތް ރައްޔިތުންނަށް އިތުބާރުހިފޭ އަވަސް މިނުގައި ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސަރަޙައްދީ ބަނދަރުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލު ކޮށްފައިވަނީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެގޮތުން މިމަޝްރޫއުގެ ދަށުން 972،500 އަކަ މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި، 8 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 2360 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 500 މީޓަރު ސަރަހައްދެއްގެ ރިވެޓްމެންޓް ޖަހައި، ޕޭވްމެންޓް ހެދުމާއި، ބަންދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހިތަދޫ ޕޯޓު ލިމިޓެޑް ދަށުން ހިންގަމުންދާ ހިތަދޫ ސަރައްދީ ބަނދަރު ތަރައްޤީވެގެން ދާއިރު މިތަން އައްޑޫ ބައިނަލްއަޤްވާމީ ސަރަހައްދީ ބަނދަރަށް ބަދަލުވެގެން ދާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ އަވަށު އޮފީހުން ސްޓާފް ނައިޓެއް ބާއްވައިފި – ކައުންސިލަރުގެ ޝުކުރު މުވައްޒަފުންނަށް

މީދޫ އަވަށުއޮފީހުގެ އެންމެހާ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ހިދުމަތް ދިނުމުގައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުގެ ...

ލޯންޗުކުރިތާ 7 ގަޑިއިރުގެ ތެރޭގައި ތްރެޑްސްއަށް 10 މިލިއަން ސައިންއަޕް

ޓްވިޓަރއާ ވާދަކުރުމަށް ފޭސްބުކްގެ ބެލެނިވެރި ކުންފުނި، މެޓާއިން ތަރައްޤީކުރި “ތްރެޑްސް” އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ. ޓްވިޓަރއާ އެއްގޮތް ސިފަތަކެއް ހުންނަ ...

ތެޅި ފޮޅި ގަނެގެން ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރުމަށް ކުރާ މަސައްކަތަށް ތާއީދު ނުކުރަން – އަސްލަމް

ތެޅި ފޮޅި ގަނެގެން މިހާރު ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރުމަށް ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާ ކަމަށް ...