ޓޫ ބްރަދާސްއާއި އެއްވަރުވެ އެފްސީ ސަބޯޝަނަށް އިތުރު ހާސްކަމެއް

ސިޔާކަޕް ފުޓުބޯޅަ މުބާރާތުގައި ކެނެރީފުން މިމުބާރާތުގައި ބައިވެރިކުރި  އެފްސީ ސަބޯޝަން  ކުޅުނު ދެވަނަ މެޗުގައި ޓޫ ބްރަދާސްއާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެވެ.

މިއަދު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗްގައި ދެޓީމްގެ ފަރާތުން ދާދިހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު  ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

ވަކިން ހާއްސަކޮށް ޓޫ ބްރަދާސްއަށް ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ. މި އަދުގެ މެޗް އެއްވަރުވެގެން ނިމުމުން މިމުބާރާތުގެ ފައިނަލަށް ދިއުމަށްޓަކައި އެފްސީ ސަބޯޝަނަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެފައެވެ. އެއީ ފަސްޓީމު ވާދަކުރާ މިމުބާރާތުގެ ފައިނަލަށް ހޮވޭނީ ފަސްޓީމު ފަސްޓީމާ ވާދަކޮށް ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމްްކަމަށްވާތީއެވެ.  އެފްސީ ސަބޯޝަން ކުޅުނު ފުރަތަމަމެޗުން ބަލިވެ މިއަދުގެ މެޗުން އެއްވަރުވުމުން އެޓީމަށް 2 މެޗު ކުޅެގެން ލިބިފައިވަނީ 1 ޕޮއިންޓެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓޫ ބްރަދާސްޓީމުގެ ގޯލް ކީޕަރު ޝަރީފް ވަނީ މިއަދުގެ މެޗްގައި މޮޅު ކުޅުމެއް ދައްކާ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

މިއަދުގެ މެޗްގައި ޓޫ ބްރަދާސްގެ ރަމްޒީއަށާ އަލީ ލިރުއާމަށް އަދި އެފްސީ ސަބޯޝަންގެ ސަރުމަތު ބުޝްރީއަށް ރެފްރީވަނީ ރީދޫ ކާޑު ދައްކާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅުމަދަރުސާ ބަލިކޮށް ޝަރަފުއްދީން ޗެމްޕިއަންކަން ހޯދައިފި

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ސްކޫލް ހޯދައިފިއެވެ. ޝަރަފުއްދީން ...

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް:  އަޝްފާގު މައިލޯ ސިޓީއަށް

މިމަހުގެ 29 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫގައި ފަށާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް  ފުޓްބޯޅަ މުބާރާތުގައި ހިތަދުން ބައިވެރިވާ ...

މަރަދޫފޭދޫ ބަލިކޮށް 3 ވަނަ ސެމީފައިނަލްގައި ކުޅޭނެ ޓީމަކަށް ފޭދޫ ފާހި ސްޕޯޓްސް ހޮވިއްޖެ

” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ  ” ގެ ސެމީފައިނަލްގެ ދެވަނަމެޗް ފޭދޫ ފާހި ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ. ...