މީދޫގައި މިވަގުތު ތިބި ވޮލީ ކުޅޭ ބައެއް ކުޅުންތެރީން އިސްނަގައިގެން ” އައިއެސްއޭ ވޮލީ މުބާރާތް 2018 ” ގެ ނަމުގައި މިހާރު މީދޫގައި ހިގަމުންދާ ވޮލީ މުބާރާތުގައި ޓޫ ސިސްޓަރ ކުޅުނު ދެވަނަމެޗް ކާމިޔާބުކޮށްފިއެވެ.
މީދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީ ކޯޓްގައި ކުޅެވުނު މިމެޗް ޓޫ ސިސްޓަރ ކާމިޔާބުކޮށްފައިވަނީ ޓީމްލެއްޗޭއާއި ވާދަކޮށް 3 ސެޓް 1 ސެޓުން މޮޅުވެގެންނެވެ.
މިމެޗްގެ ފުރަތަމަ ދެސެޓްގައި ވަރަށް ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެން ދިޔައިރު ފުރަތަމަސެޓް 25-21 އިން ހޯދީ ނިޒާރުގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ޓީމް ލެއްޗޭއެވެ. އެހެން ނަމަވެސް ދެވަނަސެޓް 25-21 އިން ހޯދީ ރާއީ ގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ޓޫ ސިސްޓަރއެވެ.
މިމެޗްގެ 3 ވަނަ ސެޓާ 4 ވަނަ ސެޓްގައި ނިޒާރުގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ޓީމް ލެއްޗޭގެ ކުޅުންތެރީންގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު 3 ވަނަ ސެޓް 25-11 އިން އަދި 4 ވަނަ ސެޓްވެސް 25-11 އިން ހޯދީ ރާއީގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ޓޫ ސިސްޓަރއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓޫ ސިސްޓަރގެ އައްޑޯއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ދެވުނު ޓްރޮފީ އައްޑޯއާއި ހަވާލްކޮށްދިނީ މިމެޗްގެ ޝަރަފްވެރިމެހްމާނު އައްޑޫސިޓީ މީދޫ ދާއިރާގެ ކައުންސިލަރު ހިޔާޟުއެވެ.
ކޮމެންޓްސް (0)