އައިއެސްއޭ ވޮލީ މުބާރާތް 2018- ލެއްޗޭއާއި ބައްދަލުކުރިމެޗު ޓޫސިސްޓަރ ކާމިޔާބުކޮށްފި

މީދޫގައި މިވަގުތު ތިބި ވޮލީ ކުޅޭ ބައެއް ކުޅުންތެރީން އިސްނަގައިގެން ” އައިއެސްއޭ ވޮލީ މުބާރާތް 2018 ” ގެ ނަމުގައި  މިހާރު މީދޫގައި ހިގަމުންދާ ވޮލީ މުބާރާތުގައި ޓޫ ސިސްޓަރ ކުޅުނު ދެވަނަމެޗް ކާމިޔާބުކޮށްފިއެވެ.

މީދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީ ކޯޓްގައި ކުޅެވުނު މިމެޗް ޓޫ ސިސްޓަރ ކާމިޔާބުކޮށްފައިވަނީ ޓީމްލެއްޗޭއާއި ވާދަކޮށް 3 ސެޓް 1 ސެޓުން މޮޅުވެގެންނެވެ.

މިމެޗްގެ ފުރަތަމަ ދެސެޓްގައި ވަރަށް ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން  ފެނިގެން ދިޔައިރު ފުރަތަމަސެޓް 25-21 އިން ހޯދީ   ނިޒާރުގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ޓީމް ލެއްޗޭއެވެ. އެހެން ނަމަވެސް  ދެވަނަސެޓް  25-21  އިން ހޯދީ ރާއީ ގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ޓޫ ސިސްޓަރއެވެ.

މިމެޗްގެ 3 ވަނަ ސެޓާ 4 ވަނަ ސެޓްގައި ނިޒާރުގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ޓީމް ލެއްޗޭގެ ކުޅުންތެރީންގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު 3 ވަނަ ސެޓް 25-11 އިން އަދި 4 ވަނަ ސެޓްވެސް 25-11 އިން ހޯދީ ރާއީގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ޓޫ ސިސްޓަރއެވެ.

މޮޅު ކުޅުންތެރިޔަކަށް ހޮވުނު އައްޑޯ

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް  ހޮވިފައިވަނީ ޓޫ ސިސްޓަރގެ އައްޑޯއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ދެވުނު ޓްރޮފީ އައްޑޯއާއި ހަވާލްކޮށްދިނީ މިމެޗްގެ ޝަރަފްވެރިމެހްމާނު  އައްޑޫސިޓީ މީދޫ ދާއިރާގެ ކައުންސިލަރު ހިޔާޟުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަރަފުއްދީން ކަޓުވާލާ ހުޅުދޫ ސްކޫލްފައިނަލަށް

މަމެން އައްޑޫސިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި  ހިތަދޫ ޝަރަފުއްދީން ސްކޫލް ކަޓުވާލާ، ހުޅުދޫ ސްކޫލް ފައިނަލަށް ދަތުރުކޮށްފިއެވެ. ...

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ސެމީފައިނަލްގެ ފުރަތަމަމެޗްގައި ޓަފްސިކްސްއާއި ޗެލެންޖާސް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ސެމީފައިނަލަށް 4 ޓީމް ހޮވިއްޖެވެ. މިމުބާރާތުގެ ސެމީފައިނަލަށް ހޮވުނު ޓީމްތަކަކީ ޓީމް ޓަފްސިކްސް ...

ރޭގެ މެޗްތައް ކާމިޔާބުކުރީ ކެނެރީފް އަދި ރިސޯޓްބޯއިސް

ހުޅުދޫގައި މިހާރު ހިގަމުންދާ މިނިވަންކަޕް 2018 ފުޓްސަލް މުބާރާތުގައި ރޭ ކުޅެވުނު މެޗުތައް ކެނެރީފާއި ރިސޯޓްބޯއިސް ކާމިޔާބުކޮށްފި އެވެ. ...