ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗައް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ މަރުހަލާގެ އެންމެ މަތީ ކޯޓުން މިއަދު ނެރުއްވާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ފުލުހުންގެ އިތުރުން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށެވެ. އެ އަމުރުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އިތުރުން، އެމަނިކުފާނާއި މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކުރައްވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުއްވި އެ އަމުރަކީ ރައީސް ނަޝީދު ޖަލަށްލާން ހުކުމް ކުރި މައްސަލަ ރިވިއުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގައި، ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި އަދި އެމަނިކުފާނާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރެއް ނެރެދޭން އެދިފައިވާތީ ނެރެފައިވާ ހުކުމެކެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ރަހީނުކޮށްފައިވުމުންނެވެ.

ނަޝީދުގެ މައްޗަށް އެ މައްސަލައިގައި ހުކުމް ކުރުމުން ނަޝީދު ވަނީ ރާއްޖެ ބޭރަށް ވަޑައިގެން، އިނގެރޭސިވިލާތުގެ ހިމާޔަތް ހޯއްދަވާފައެވެ. ސުޕްރީމް ކޯޓުން މިފަދަ އަމުރެއްކޮށްފައި މިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނިކޮށެވެ. އަދި ރާއްޖެ ވަޑައިގަންނަވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދަނޑުވެރިން އުފައްދާ ތަކެއްޗަށް އަގު އިތުރު ކުރެވޭނެ ނިޒާމެއް ގާއިމްކުރާނަން: އިލްޔާސް

ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ދަނޑުވެރިން އުފައްދާ ތަކެއްޗަށް އަގު އިތުރު ކުރެވޭނެ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ...

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ- ޑރ.ޑީޑީ

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށާ އަދި އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ...

ހިތުގައި ވިންދުހިގާހާ ހިދަކު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓާނަން- ނަޝީދު

ހިތުގައި ވިންދުހިގާހާ ހިދަކު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ...