ހުޅުދޫ ސްކޫލްގެ 3 މުވައްޒަފަކަށް އުމްރާ ދަތުރު ލިބިއްޖެ

މިއަހަރުގެ ޓީޗަރުންގެ ދުވަސް ހުޅުދޫ ސްކޫލްގައި ފާހަގަކުރުމަށް ޓީޗާސް އެޕްރިސިއޭޝަން ވީކްގެ ނަމުގައި ހުޅުދޫ ސްކޫލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސްޕޮންސަރ ކުރި ފަރާތްތަކުގެ ތެރެއިން ތައިސީރު ހައްޖު އެންޑް ޢުމްރާ ޓްރެވެލްސް އާއި އަސްކޮއި ޙައްޖު އުމްރާ މޯލްޑިވްސް އަދި  ނިމްސާ އަލް ހައްޖު ވަލް ޢުމްރާއިން ދެއްވި 3 އުމުރާ ދަތުރަށް ހުޅުދޫ ސްކޫލްގެ 3 މުވައްޒަފަކު ގުރުއަތު ލައިގެން ހޮވައިފިއެވެ.

ތައިސީރު ޙައްޖު އެންޑް އުމްރާ ޓްރެވެލްސް ގުރޫޕުން ދެއްވި އުމުރާދަތުރުގެ ނަސީބުވެރިޔާ ނީރާސް އާދަމް ވަޙީދު

އުމުރާ ދަތުރަށް ހޮވުނު ހުޅުދޫ ސްކޫލްގެ 3 މުވައްޒަފުން ހޮވާފައިވަނީ ހުޅުދޫ ސްކޫލްގެ ފަރާތުން ޓީޗާސް އެޕްރިސިއޭޝަން ވީކްގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ގާލާ ނައިޓްގެ ނަމުގައި  މިދިޔަ ބުރާސްފަތި ދުވަހުރޭ ކެނެރީފް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އަސްކޮއި ހައްޖު އެންޑް ޢުމްރާ މޯލްޑިވްސް ގްރޫޕް އުމްރާއިން ދެއްވި އުމްރާ ދަތުރުގެ ނަސީބުވެރިޔާ ބަޝީރާ އަބްދުﷲ

ހުޅުދޫ ސްކޫލްގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު ގުރުއަތުލުމުން އުމުރާ ދަތުރު ލިބުނު ނަސީބު ވެރިންގެ ގޮތުގައި ހޮވިފައިވަނީ  ހުޅުދޫ ދޫރިޔާގޭ ޙައްވާ ޒާހިރާ އާއި  ހުޅުދޫ ފުނަމާގޭ ބަޝީރާ އަބްދުﷲ ގެ އިތުރަށް ހުޅުދޫ ފުލިދޫގޭ  ނީރާސް އާދަމް ވަޙީދެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯޓަކުން ކުރި އެންމެ ހަލާލު ހުކުމަކީ ޔާމީނަށް ކުރި ހުކުމް: ރޮޒޭނާ

ރައީސް ޔާމީނަށް ކުރި ހުކުމަށްވުރެ ހަލާލް ހުކުމެއް މިރާއްޖޭގެ ތާރީހުގައިވެސް ނުކުރާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ...

މިއީ ވަރަށް މުހިންމު ވޯޓު ކަރުދާސްކޮޅެއް، ރަނގަޅު ނަތީޖާއަކަށް އުންމީދުކުރަން: ނަޝީދު

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅަކީ ވަރަށް މުހިންމު ވޯޓު ކަރުދާސް ކޮޅެއް ކަމަށާއި އުންމީދު ...

ސިޔާސީ ހަޔާތުގައި އަސްލަމް ބައިވެރިނުކޮށް، ކުރަންއޮތް އެއްވެސް ކަމެއް ނެތް: ނަޝީދު

 ސިޔާސީ ހަޔާތުގައި އަސްލަމް ބައިވެރިނުކޮށް، ކުރަންއޮތް އެއްވެސް ކަމެއް ނެތްކަމަށާ އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް އަސްލަން ހުންނެވުމަށްއެދޭކަމަށް  ރައީސް ...